މިއީ ދުނިޔޭގައިވާ އާދަޔާ ޚިލާފް ތަންތަނުގެ ތެރެއިން ފާހަގަ ކޮށްލެވޭ އެއްތަނެވެ. ދެކުނު ކެނެޑާގައި އޮންނަ މި ސްޕޮޓަޑް ލޭކްއަކީ އެކި ސަބަބުތަކަށްޓަކައި ގަނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ތަނެކެވެ.
ބައި މޭލު ދިގު އަދި ފުޅާ މިނުގައި ފަސް ފުޓްބޯޅަ ދަނޑުގެ ފުޅާމިން ހުންނަ މިފެން ގަނޑަކީ ހޫނު މޫސުމުގައި މި ސަރަހައްދުން ދަތުރުކުރާ އަދި މިތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހައިރާންކަން ގެނުވާ ފަދަ ރީތި ފެން ގަނޑެކެވެ.
މި ފެންގަނޑަށް ޕޯލްކާ ޑޯޓް ލޭކް އޭވެސް ކިޔާއިރު މި ފެންގަނޑަށް މިފަދަ ނަންތައް ދެވެނީ ހޫނު މޫސުމުގައި ފެންގަނޑުގެ ފެންތައް އާތްވަށް ބަދަލުވެ ފެންގަނޑުގައި އެކުލެވޭ ވަކި މިނަރަލެއްގެ ސަބަބުން އުފެދޭ ކުދި ފެން ގަނޑުތަކެއް ވަކިވަކި ތިކި ތަކެއް ޖެހިފައި ހުންނަހެން ފެންނާތީ އެވެ.
ކެނެޑާގަ އޮންނަ އަޖާއިބުކުރުވަނިވި މި ފެންގަނޑުގައި ހުންނަ މިނަރަލްތަކުގެ ސަބަބުން ފެންގަނޑުގެ ކުލަ އެކި ދުވަސްވަރު ތަފާތު ވާއިރު ވަކި ފެންގަނޑުތައް އުފެދޭއިރު މިތަނުގައި 300 އަށްވުރެ ގިނަ ސްޕޮޓް ނުވަތަ ތިކި ހުންނަ ކަމަށް ބުނެވެ އެވެ.
ސަލްފޭޓް، މެގްނީސިއަމް، ޓައިޓޭނިއަމް އަދި ސޯޑިއަމްފަދަ އެކިއެކި މިނަރަލްތައް މި ފެންގަނޑުގައި އެކުލެވޭއިރު މިއީ ކެނެޑާގެ އިތުރުން މުޅި ދުނިޔެއިންވެސް ހޮވާލެވޭ ފަދަ އާދަޔާޚިލާފް ރީތި މަންޒަރުތަކެއް ބަލާ ފަރާތްތަކަށް ދައްކުވައިދޭ ތަނެކެވެ.
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ވެސް އިސްތިއުފާ ދެއްވައިފި
މެރިން އެކްޕޯގެ މޮޓޯ އެކްސް ސްޓޯލަށް ގޮސްގެން ހާއްސަ އޮފާތަކެއް
އެ އުޅެނީ ރައްޔިތުންގެ ފައިސާއަށް ހިޔާނާތްވާން: އިމްރާން