އީދު ފާހަގަކުރުމަށްޓަކައި ބ. ދަރަވަންދޫގައި ބޭއްވި އީދު ހަރަކާތްތަކުގައި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންފި އެވެ.
ނައިބު ރައީސް ވަނީ ދަރަވަންދޫގައި އީދު ނަމާދު ކުރުމަށް ބޭއްވި ބޮޑު ޖަމާއަތުގައި ބައިވެރިވެވަޑައިގެންފަ އެވެ.
ނަމާދުގައި ބައިވެރިވެ ކުރި ބޮޑު ރައްޔިތުންނަށް އީދުގެ ތަހުނިޔާ ވިދާޅުވެފައިވާއިރު، ނައިބު ރައީސް ވަނީ އާންމުންނާ ބައްދަލުކުރައްވައި ސަލާމް ކުރައްވާފަ އެވެ.
އޭގެ އިތުރުން ރައީސްގެ ނައިބު ވަނީ އެ ރަށުގައި އީދު ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކުގައި ބައިވެރިވެލައްވާފަ އެވެ.
އެގޮތުން ޒުވާނުން ގުޅިގެން އީދު ފާހަގަކުރުމަށް އެރަށުގައި ބޭއްވި ހަރަކާތްތަކުގެ އިތުރުން، އީދު ކުލަޖެހުމަށް ރަށުގައި ބޭއްވި ހަރަކާތްތަކުގައިވެސް ރައީސްގެ ނައިބު ބައިވެރިވެ ވަޑައިގެންފައިވެ އެވެ.
"ތިން މީހުން ހޯދަން ހުވަދޫ ކަނޑު ބަލާ މާދަމާ ނިންމާލެވޭނެ"
އިޒްމީރު: ތާރީހާއި މީރު ރަހަތަކާއި ގުދުރަތީ ހިތްގައިމުކަން!
ހިތަދޫން ވިޔަފާރީގެ ބޭނުމަށް 19 ބިމެއް ކުއްޔަށް ދޫކުރަނީ
