މ. ދިއްގަރު ކައުންސިލަރަކު އިސްތިއުފާ ދެއްވުމުން އެ ކައުންސިލްގެ ބައި އިލެކްޝަން ބާއްވަން ޖެހިއްޖެ އެވެ.
ދިއްގަރު ކައުންސިލް މެންބަރު އިބްރާހީމް ހަލީލް އިސްތިއުފާދެއްވުމުން ބާއްވާ ބައި އިލެކްޝަނަށް ކުރިމަތިލާފައި ވަނީ އެމްޑީޕީ އާއި ޕީޕީއެމުން އެކަންޏެވެ. ހަލީލަކީ ވެސް އެމްޑީޕީގެ މެމްބަރެކެވެ.
އެމްޑީޕީގެ ފަރާތުން ދިއްގަރު ކައުންސިލް މެންބަރުކަމަށް ވާދަކުރެއްވީ މ.ދިއްގަރު، އާނިރު، ޢަބްދުﷲ ޢާރިފެވެ. ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވީ ގާނޫނީ ވަކީލު އަބްދުލްހަންނާން އަހްމަދެވެ.
ދިއްގަރު ކައުންސިލްގެ މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ. ދިއްގަރު ކައުންސިލަކީ ކުރިން ޕީޕީއެމްގެ މެޖޯރިޓީ އޮތް ކައުންސިލެކެވެ.
ދިއްގަރު ދާއިރާގެ މަޖިލިސް ގޮނޑި ވެސް ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީންނެވެ.
މަކަރާއި ހީލަތުގެ ތުހުމަތުތަކަށް ޝިލްޕާ ރައްދު ދީފި
ގުރައިދޫ ކައިރިން ހަ ފޫޓުގެ ކިނބުލެއް ހިފައިފި
ދެން އޮސްކާ އެވޯޑްސް ޔޫޓިއުބުން ބަލާލެވޭނެ!
