ސަރުކާރުގެ އެކި މަގާމްތަކުގައި ތިއްބެވި އެކި އެކި ބޭފުޅުންގެ ބަރަހަނާ ވީޑިއޯތަކެއް ލީކްވެފައި ވަނިކޮށް ފުލުހުން ހާއްސަ ނިވްސް ކޮންފަރެންސެއް ބާއްވަން ނިންމައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ނިއުސް ކޮންފަރެންސް އޮންނާނީ މާދަމާ ހެނދުނު 10:45 ގައި ކަމަށެވެ.

އެ ނިވްސް ކޮންފަރެންސްގައި މައުލޫމާތު ދިނުމަށް ހަމަޖެހިފައި ވަނީ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް، އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ރިޔާޒާއި ސެންޓްރަލް ޕޮލިސިން ކޮމާންޑްގެ ހެޑް، އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އެވެ.

ބަރަހަނާ ވީޑިއޯތައް ލީކްވި މައްސަލައާ ގުޅިގެން ބައެއް މީހުން ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.

އަދިވެސް އިތުރު މީހުންގެ ބަރަހަނާ ވީޑިއޯތައް ލީކްވާނެ ކަމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން އަންނަނީ ބުނަމުންނެވެ.

މާދަމާ ނިވްސް ކޮންފަރެންސް ބާއްވަނީ ބައިނަލްއަގުވާމީ ޔޯގާ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގި މައްސަލާގައި ގިނަ ބަޔަކު ހައްޔަރުކޮށްފައި ވަނިކޮށެވެ.