ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީޙުގެ ރައީސް މުހައްމަދު ނަޝީދު ސްރީލަންކާއަށް ފުރާވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރި ޓުވީޓެއްގައި ބުނީ ރައީސް ނަޝީދު ލަންކާއަށް ވަޑައިގަތީ ލަންކާ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަގެ ދައުވަތަކަށް ކަމަށެވެ.
ނަމަވެސް މި ދަތުރުފުޅަކީ ކޮން ކަމަކާ ގުޅުވައިގެން ކުރެއްވި ދަތުރުފުޅެއް ކަމެއް މަޖިލީހުގެ އިދާރާއިން ނުބުނެ އެވެ.
ސިޔާސީ ގޮތުންނާއި އިގުތިސާދީ ގޮތުން ނުބައި ފައްތަރެއްގައި އޮތް ދަނޑިވަޅެއްގައި ކުރީގެ ރައީސް ނަޝީދު ވަނީ ލަންކާއަށް ބޭރުގެ އެހީ ހޯއަދަވައި ދެއްވުމަށް ހުށަހަޅުއްވާފަ އެވެ.
އެ ހުށަހެޅުން ގަބޫލުފުޅު ކުރައްވައި ލަންކާގެ ބޮޑުވަޒީރު ވަނީ ބޭރުގެ އެހީ ހޯދުމަށް ލަންކާ ސަރުކާރުން ކުރާ މަސައްކަތް ކޯޑިނޭޓް ކުރެއްވުމަށް ނަޝީދާ ކަނޑައަޅުއްވާފަ އެވެ.
މިވަގުތު ލަންކާއަށް ދިމާވެފައިވާ ދަތި އުނދަގޫ ހާލަތުން އަރައިގަތުމަށް ވެސް އިންޑިއާއިން ގެންދަނީ ކޮންމެ ވެސް ވަރެއްގެ އެހީތެރިކަމެއް ފޯރުކޮށް ދެމުންނެވެ.
އީރާނުގެ އިންޒާރަށް ބިރުން ޓްރަމްޕް ތުރުކީން ފުރީ ކުޑަ ބޯޓެއްގައި
"ތަހުގީގުގައި އިހުމާލުވި ފުލުހުންނަށް ފިޔަވަޅު އަޅައިފިން"
ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 22.25 ރ. އަށް އަރައިފި
