ސިނާއީ މަސައްކަތް ކުރަމުން އަންނަ ނ. މާކުރަންދޫގައި ބިއްލޫރި ޝީޓުތަކެއް ދަށުވެ ތިން މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެ އެވެ.
މިހާދިސާ އާއި ގުޅިގެން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނީ މިއަދު މެންދުރުފަހު 1:30 ހާއިރު އެ ހޮސްޕިޓަލަށް ގެނައި ތިން މީހުންނަކީ މާކުރަންދޫގައި މަސައްކަތް ކުރާ މުވައްޒަފުން ކަމަށެވެ.
މި ހާދިސާގައި އެ ތިން މީހުންނަށް ލިބުނު އަނިޔާގެ ތަފުސީލެއް އެ ހޮސްޕިޓަލުން ނުދެ އެވެ.
ރެސްޓް ބްލޮކް ނަމަކަށް ކިޔާ ކުންފުންޏެއްގައި މަސައްކަތް ކުރަމުން އަންނަ އެ ތިން މީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނީ، އެމީހުންނަށް ފަރުވާ ދެމުންދަނީ އެމަޖެންސީގައި ކަމަށާއި އެ މީހުނަށް ލިބިފައިވަނީ ވަރަށް ބޮޑެތި އަނިޔާތަކެއްކަމުން، ބައެއް ޓެސްޓްތައް ހަދަމުން ދާކަމަށެވެ. އިތުރު ފަރުވާއަށް މާލެ ގެންދިޔުމާއިމެދު އަދި ގޮތެއް ނުނިންމާ ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.
މި ހިސާބަށް އާދެވުނީ ހަމައެކަނި ޝާހުގެ ސަބަބުން: ކަރަން
ބާއްޖަވެރި ދުވަހަކަށް ގެންގުޅެންޖެހޭ ހެނދުނުގެ 5 އާދައެއް!
ދިފާއުގައި ވާހަކަ ދައްކަން އީޝާއަކަށް ފުރުސަތެއް ނުދިން: ވަކީލު
