ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ޗެއާމަންގެ މަގާމަށް ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް މުހައްމަދު ދީދީ އައްޔަކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުން ސްޓެލްކޯގެ ޗެއާމަންގެ މަގާމަށާއި ބޯޑު މެންބަރު ކަމަށް އިބްރާހިމް މުހައްމަދު ދީދީ އައްޔަންކޮށްފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ރަޝީދު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނިޔާވުމާ ގުޅިގެންނެވެ.
ދީދީ އަކީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު ކަމުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސިފައިންގެ މާލޭ އޭރިއާގެ ކޮމާންޑަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ އަކީ ސިފައިންގެއަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެއްވެސްމެ އެވެ.
ސްޓެލްކޯގެ ބޯޑުގެ މެންބަރުކަމަށާއި ޗެއަރމަންކަމަށް ބޭފުޅަކު އައްޔަންކުރައްވާފައިވާއިރު ދާދިފަހުން ވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމަށް އަޙްމަދު ޝަރީފު އައްޔަން ކުރައްވާފަ އެވެ.
ހަރީޒް އުފެއްދީ އަވަހަށް ދެވިދާނެ ހަދިޔާއެއް!
ކުރީގެ މަޖިލިސް މެންބަރު ރާމިޒު އަވަހާރަވެއްޖެ
އަހަރެން އަދި މަރެއް ނުވޭ: ޝަކްތީ
މަރުހަބާ! ޙެޔޮ ފާލެއް.