ރާއްޖޭގެ ކްރިމިނަލް ކޯޓުގެ މައްސަލަތައް ތާވަލުކުރާ ގަޑި އިތުރުކުރަން އެކޯޓުން ނިންމައިފި އެވެ.
ކްރިމިނަލް ކޯޓުން މައްސަލަތައް ތާވަލުކުރާ ގަޑިތައް އިތުރުކުރަން ނިންމާފައިވަނީ އަންނަ މަހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށެވެ.
މިކަމާ ގުޅިގެން އެ ކޯޓުން ބުނީ ނުނިމި ގިނަ ދުވަސްތަކެއްވެފައިވާ މައްސަލަތައް ނިންމުމަށްޓަކައި އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަހަށް ވަގުތު އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ހަވީރު 5:00 އާ ހަމައަށް މައްސަލަތައް ތާވަލުކުރަން ނިންމާފައި ކަމަށް އެކޯޓުން ބުނެފައިވެ އެވެ.
އެއާއެކު މިހާރު މަސައްކަތް ކުރާ ރަސްމީ ގަޑީއަށް ފަހު، މެންދުރު 2 އިން ފެށިގެން މައްސަލަތައް ތާވަލުކުރުމަށް އެކޯޓުން ނިންމާފައިވެ އެވެ.
ކްރިމިނަލް ކޯޓުން މައްސަލަތައް ތާވަލްކުރާ ވަގުތު އިތުރުކޮށްފައިވާއިރު، އެ ކޯޓުގައި ނުނިމި ހުރި މައްސަލަތައް ނިންމުމަށް 16 އަހަރު ހޭދަވާނެ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވެފައިވެ އެވެ.
އެ މައްސަލައަށް ހައްލެއް ގެނައުމަށް މަސައްކަތުގެ ގަޑި އިތުރުކުރުމަށް ޖޭއެސްސީން ހުށަހެޅުމަށް ނިންމާފައިވެ އެވެ.
ވޯލްޑް ކަޕްގެ އެންމެ ގިނަ ލަނޑު ޖެހީ މެސީ
އީރާނުގެ ތެލާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް މެދުކަނޑާލައިފި
"ބްރޭކިން ބޭންޑް"ގެ ތަރި ގިއަންކާލޯ އިސްލާމް ވެއްޖެ
