މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންތުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.
ސްޓްލްކޯއިން އެންމެ ފުރަތަމަ އާންމުކުރި ޓްވީޓެއްގައި ބުނީ، ކަރަންޓު ކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލަތަކަކާ ގުޅިގެން ކަމަށެވެ.
އޭގެ ފަހުން ސްޓެލްކޯއިން އާންމުކުރި ޓްވީޓްގައި ބުނީ އެ ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވަނީ ކުއްލިއަކަށް ދިމާވި އާތް ފޯލްޓަކުން ކަމަށެވެ. އަދި ސްޓެލްކޯގެ އިންޖީނިއަރުންނާއި ޓެކްނީޝަނުން ދަނީ ކަރަންޓް ކެނޑިފައިވާ ސަރަހައްދުތަކަށް ވީ އެންމެ އަވަހަކަށް އަލުން ކަރަންޓް ދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓެލްކޯއިން ބުނެފައިވެ އެވެ.
މައުލޫމާތު ލިބޭގޮތުގައި މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓުގެ ހިދުމަތް ވަނީ ކެނޑިފަ އެވެ. އެގޮތުން މަޖީދީމަގުގެ ބޮޑު ބައެއްގައިވެސް ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާކަން ފާހަގަކުރެވެ އެވެ.
މިކަމާ ގުޅިގެން ކަރަންޓު ކެނޑިފައިވާ ވަގުތުތަކުގައި އާންމުންނަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށް އެދިފަ އެވެ.
ޕެންޝަން އޮފީހަށް އޮތް އިތުބާރު މުޅިން ވެއްޔާ މޮޑެވިއްޖެ: ޝާހިދު
ޕެންޝަން އޮފީހުގެ ބޯޑު މެންބަރު މާދިން ވެސް އިސްތިއުފާދެއްވައިފި
ފަތުރުވެރިންތަކަކާ އެކު ލޯންޗެއް ބަންޑުން ޖަހާލައިފި

ޢާތު ފޯލްޓަކީ ކުއްލިއަކަށް ދިމާވާނެ ކަމެއްނޫން