މަސްވެރިކަމަށް ނުކުމެ އުޅުނު މީހަކު ހާލު ދެރަވުމުން އެމްއެންޑީއެފުން އެހީތެރިވެއްޖެ އެވެ.
އެންއެންޑީއެފުން ކުރި ޓުވީޓެއްގައި ބުނީ، ހާލު ދެރަވެގެން އެހީތެރިކަން ފޯރުކޮށްދިނީ މ. ތުވަރުން ނުވަ ނޯޓިކަލް މޭލު ބޭރުން މަސްވެރިކަމަށް ނުކުމެ އުޅުނު "ސިލްވަރީ" ނަމަކަށް ކިޔާ ދޯންޏެއްގައި މަސައްކަތް ކުރާ 58 އަހަރުގެ މީހަކަށް ކަމަށެވެ.
ނަމަވެސް އެ މީހާއަށް ދިމާވި ކަމެއް އެމްއެންޑީއެފް އިން ނުބުނެ އެވެ.
އެ މީހާއަށް ފަރުވާ ދިނުމަށް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު މ. މުލީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.
އަބީޝޭކްގެ ސަބަބުން ޝާހްރުކް ޚާންއަށް އައިޝްވާރްޔާ ނޫނެކޭ ބުނި؟
އެންމެ ދިގު އިސްތަށިގަނޑުގެ ރެކޯޑް އިންޑިއާ އަންހެނަކަށް!
ހިރުގަނޑުން ލޭ އައުމަކީ އާދައިގެ ކަމެއް ނޫން!
