ދިވެހީންގެ ކެއުމުގައި ފިޔައަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ ތަރުކާރީ އެކެވެ. ކޮންމެ ދުވަހެއްގެ ކެއުމުގައި ވެސް ފިޔާ ބޭނުން ކުރެވޭއިރު ފޮނި ކާއެއްޗެހި ތައްޔާރުކުރުމުގައާއި ކުޅި ކާއެއްޗެތި ތައްޔާރުކުރުމުގަ އި ފިޔާ ބޭނުން ކުރެ އެވެ.
ފިޔައަކީ ޖަރާސީމު އަދި ވައިރަސްތައް ނައްތާލުމުގެ ކުޅަދާނަކަން ލިބިފައިވާ ތަރުކާރީ އެކެވެ. މީގައި ހިމެނޭ މުހިއްމު މާއްދާތަކުގެ ތެރޭގައި ވިޓަމިން ބީ، ވިޓަމިން ސީ، ޕޮޓޭސިއަމް އަދި ސަލްފާ ހިމެނެ އެވެ. އެއާއެކު ފައިބައާއި ސޯޑިއަމްއަކީ ވެސް ފިޔާގައި ގިނަ އަދަދަކަށް އެކުލެވޭ މާއްދާ ތަކެކެވެ.
ހަކުރު ބަލި ފަދަ ދާއިމީ ބަލިތަކުން ދުރު ކުރުމަށް ލޭގައި ހިމެނޭ ހަކުރުގެ މިންވަރު ދަށްކޮއްދޭއިރު ކެންސަރު ބަލިން ދުރުކޮށް ދިނުމަށް ބޭނުންވާ ގިނަ މާއްދާތައް ވެސް އޭގެއި އެކުލެވެ އެވެ.
ފިޔައެއްގައި ގިނަ އަދަދަކަށް ވިޓަމިން އޭ، ވިޓަމިން ސީ، އަދި ވިޓަމިން އީ ހިމެނޭ ތަރުކާރި އަކަށް ވާއިރު ނުރައްކާތެރި އިރުގެ ދޯދިތަކުން ހަންގަނޑު ސަލާމަތްކުރުމަށް ފިޔާ އެހީތެރިވެދެ އެވެ.
އެހެން ކަމުން ކޮންމެ ދުވަހެއްގެ ކެއުމުގައި ވެސް ފިޔާ ހިމެނުމަކީ ދުޅަހެޔޮ ސިއްހަތަކަށް މުހިއްމު ކަމެކެވެ.
"ޑަރް"ގެ ސެޓުގައި ޖެހުނު މައްސަލަތައް: ސަނީ ބުނަނީ ކީކޭ؟
އަންނައުނު ގަތުމުގައި ކުލަތައް އިހުތިޔާރު ކުރާނީ ކިހިނެއް؟
އިމްރާން ހޮސްޕިޓަލަށް ގެންދަން ކުރި އަމުރު އިސްތިއުނާފްކުރަނީ