މާލެއިން މީހަކު ގެއްލިގެން ފުލުހުން އެ މީހާ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
ފުލުހުން އާންމުކުރި ނޫސް ބަޔާނެއްގައި ބުނީ، ގެއްލިގެން ހޯދަނީ ގ. ޑްރީމްހައުސް، ޙަސަން ރުޝްދުﷲ 53އ، ކަމަށެވެ.
ވީނުވީއެއް ނޭނގި ގެއްލިގެން އޭނާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަން ފާހަގަކޮށް ފުލުހުން ބުނީ އޭނާ ހޯދުމަށް ރިޕޯޓުކުރީ މިދިޔަ މާޗު މަހުގެ 23 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ.
ނަމަވެސް އެމީހާ ހޯދުމުގެ މަސައްކަތުގައި، މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާކަމަށް ފުލުހުން ބުނެފައިވެ އެވެ.
މިކަމާ ގުޅިގެން ފުލުހުން ވަނީ ރުޝްދުﷲ އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ލަސްނުކޮށް، އެ މަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރަށް ނުވަތަ ހުޅުމާލެ ޕޮލިސްގެ ނަންބަރަށް ގުޅައިގެން ހިއްސާކޮށްދިނުމަށް ބުނެ އާންމުންގެ އެހީތެރިކަމަށް އެދިފަ އެވެ.
ފުލުހުން ވަނީ މިފަދަ ކަންކަމުގައި އާއްމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ.
"ދަ ޑެވިލް ވެއާސް ޕްރާޑާ"ގެ ތިންވަނަ ބައެއްގެ އިޝާރާތެއް!
ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ރޯވެ އަނދައިފި
މިލިއަނަކަށް ވުރެ ގިނަ މާތަކުން އިސްތަންބޫލް ޖަރީވާ މޫސުމެއް!
