ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭ މާލެ ވަޑައިގެންފި އެވެ. ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާ ވަޑައިގަތީ އޭޕްރީލް 15ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގަ އެވެ.
މިދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅަކަށްވާތީ ދަތުރުފުޅުގެ ތަފްސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.
ރައީސް ސޯލިހު ވަނީ މި ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު ވެސް ސިންގަޕޫރަށް ދަތުރުފުޅެއް ކުރައްވާފަ އެވެ. އެފަހަރު ވަޑައިގެންނެވީ ތައިރޮއިޑް އޮޕަރޭޝަނެއް ކުރެއްވުމަށެވެ.
އެމަނިކުފާނުގެ އޮޕަރޭޝަނަށް ފަހު ރާއްޖެވަޑައިގެންނެވި ފަހުން އެކި އަތޮޅުތަކަށް ވެސް ދަތުރުކުރައްވާ ޖަލްސާތަކުގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވާފައިވެ އެވެ. ނަމަވެސް ޑޮކްޓަރުންވަނީ އެމަނިކުފާނަށް ވީހާ ވެސް މަދުން ވާހަކަފުޅު ދައްކަވަން އިރުޝާދު ދެއްވާފައި ކަމަށް ރައީސް ވިދާޅުވި އެވެ.
ނޮވެމްބަރު 3 ގެ ހާދިސާގެ މައްޗަށް ބޮލީވުޑް ފިލްމެއް!
"ބާލީ" ފެނުން ސިއްހަތަށް އެތައް ފައިދާތަކެއް!
ބަޑި ބުރާސްފަތި: ބޭރުގެ ހަބަރުތަކުގެ ފަލަ ސުރުހީތަކުން!