ވިޔަފާރި ކުރުމަށްފަހު ފައިސާ ދެއްކި ކަމުގެ ފޭކު ސްލިޕެއް ފޮނުވާފައިވާ މައްސަލައިގައި މީހަކު ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލައިފި އެވެ.
ކްރިމިނަލް ކޯޓުން އޭނާ ޖަލަށްލީ، މާލޭގެ ފިހާރަޔަކުން ވިޔަފާރިކުރުމަށް ފަހު ފޭކް ޓްރާންސްފާ ސްލިޕެއް ފޮނުވި ކަމުގެ މައްސަލާގަ އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހއ. ދިއްދޫ، އިބްރާހިމް ޚަލީލް އެވެ. އޭނާ އަށް ސައްހަ ނޫން ލިޔުމެއް ތެދުކަމަށް ދެއްކިކަމުގެ ދައުވާކޮށްފައިވެ އެވެ.
މާލޭގެ ފިހާރަޔަކުން ޚަލީލް ނެގި ތަކެތީގެ ތެރޭގައި ދެ ދަޅު ރެޑްބުލް އާއި ދެ ފޮށި ސިގިރޭޓާއި މާސް ޗޮކްލެޓެއްގެ އިތުރުން ސްނިކާސް ޗޮކްލެޓެއް ހިމެނެ އެވެ. އެތަކެތީގެ އަގަށް 304 ރުފިޔާ ދައްކަން ޖެހޭއިރު، ފައިސާ ދެއްކުމުގެ ގޮތުން ޚަލީލް ވަނީ އޭނާގެ ފޯނުން ފޭކު ޓްރާންސްފާ ސްލިޕެއް ފިހާރައިގެ އެކައުންޓް ނަންބަރަށް ފޮނުވައިފަ އެވެ.
މައްސަލަ ބެލި ޝަރީއަތުގައި އޭނާ ވަނީ ކުށަށް އިއުތިރާފުވެފަ އެވެ. އަދި ޖަލަށް ލުމުގެ ބަދަލުގައި ގޭގައި ބަންދުކުރުމަށް ޚަލީލް އެދިފައިވެ އެވެ.
އިންސާނާގެ މިޒާޖުގެ ފަހަތުގައި ވަނީ ކޮން ސިއްރެއް؟
"ދަ ޑެވިލް ވެއާސް ޕްރާޑާ"ގެ ތިންވަނަ ބައެއްގެ އިޝާރާތެއް!
ބައިނަލްއަގުވާމީ ގުޅުންތަކާ ގުޅޭ ވާހަކަދައްކާއިރު ސަމާލުވާންޖެހޭ

ރަންގަޅު އާދައިގެ މީހެއް ވިއްޔާ ޖަލަށް، ކޮބާ މުޅި ދައުލަޓް ދަވާލި މީހުން ހިތުން މާމޮޅުކަމެއްދޯ