ބަނޑުގައި ވައި ހެދުމަކީ ގިނަ އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭ ކަމެކެވެ. ބައެއް ކެއުންތަކަކީ ވައިގެ އުނދަގޫތައް އިތުރުވާ ކަމެކެވެ. އެގޮތުން މި ލިޔުމުގައި މި ބަލާލަނީ އާއްމުކޮށް ބަނޑުގައި ވައި ހެދޭނަމަ އެ ކެއުންތަކަކާ ދުރުވާން ޖެހޭނެ ބައެއް ކެއުންތަކަށެވެ.
ކުޅި/ ހަވާދުލީ ތަކެތި
ކުޅި އަދި ހަވާދުލީ ކާނާ އަކީ މެއިން ދިލަ ނަގާ ހަޖަމު ކުުރުމުގެ ނިޒާމުގެ މައްސަލަތައް ޖެހުމަށް މެދުވެރިވާ ކަމެކެވެ. މިފަދަ ކެއުންތައް ކެއުމުން ބަނޑުގައި ވައި ހެދުން އިތުރުވެ އެވެ.
ބައެއް ވައްތަރުގެ މޭވާ
މޭވާއާއި ތަރުކާރީގެ ތެރެއިން ބައެއް ބާވަތްތަކަކީ ވެސް ވައިގެ މައްސަލަ ކުރިމަތިވުމަށް މަގުފަހިވާ ބާވަތްތަކެކެވެ. އެގޮތުން އަލަނާސިއާއި ސިޓްރަސް މޭވާގެ ގޮތުގައި ހިމެނޭ އޮރެންޖު އަދި ލުނބޯފަދަ މޭވާތަކަކީ ބަނޑުގައި ވައި ހެދުމަށް މަގުފަހިވާ ކެއުންތަކެވެ.
އެނާޖީ ޑްރިންކްސް
އެނާޖީ ޑްރިންސްއަކީ ގިނަ އަދަދަކަށް ވައި އެކުލެވޭ ބުއިންތަކަކަށް ވުމާއެކު ވައިގެ އުނދަގޫތައް ކުރިމަތިވާ ނަމަ މިފަދަ ބުއިންތަކުން ދުރުވެ ތިބުމަކީ ބުއްދިވެރި ގޮތެވެ.
ގަލްފް ދިފާއީ އިއްތިހާދުގައި ރާއްޖެއިން ބައިވެރިވާން ރުހުން ދީފި
އިމްރާމް ހާން ޖަލުން ހޮސްޕިޓަލަށް ބަދަލުކުރަން އަމުރުކޮށްފި
އީރާން އަމާންދިނުމަށާއި، އޮމާނަށް ބޮންއަޅާނެ ކަމުގެ އިންޒާރު