މަންޓާ އެއާ އިން އަންނަ ހަފްތާގައި އައްޑޫއަށް ދަތުރުތައް ފަށަން ނިންމައިފި އެވެ.
އެތެރޭގެ އުދުހުންތަކުގައި އެންމެ މަތީ ފެންވަރުގެ ހިދުމަތެއް ފޯރުކޮށްދެމުން އަންނަ އެއާލައިނުން ބުނީ ސ. ގަމަށް ދަތުރުތައް ފަށާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށެވެ.
މަންޓާ އިން ބުނީ އެ އެއާލައިނުން ނިންމާފައި ވަނީ ފަށައިގަންނައިރު އައްޑުއަށް ދުވާލަކު އެއް ދަތުރުކުރާ ގޮތަށް ކަމަށެވެ. ނަމަވެސް، އެ ދަތުރުތަކާ ގުޅޭ އެހެނިހެން ކަންތައްތަކަށް ކުދިކުދި ބަދަލުތަކެއް ގެންނާތީ، އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
އައްޑޫއަކީ މަންޓާ އިން ދަތުރު ކުރާ ތިން ވަނަ މަންޒިލެވެ. މިހާރު އެ އެއާލައިންގެ ޝެޑިއުލް ދަތުރުތައް ކުރަނީ ދ. ކުޑަހުވަދު އަށާއި ބ. ދަރަވަންދުއަށެވެ.
އައްޑޫއަށް ކުރާ ދަތުރުތަކުގައި މަންޓާ އެއާ އިން ބޭނުންކުރަން ނިންމާފައިވަނީ އޭޓީއާރު 600-72 މަރުކާގެ ޖާގަ ތަނަވަސް ބޯޓުތަކެކެވެ.
"ކުޅުދުއްފުށީ އެލްޖީއޭ ބްރާންޗުން ހިދުމަތް ހުއްޓާލީ ހުއްދަ ނެތި"
އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯކަމުން ޒިޔަތު އިސްތިއުފާ ދެއްވައިފި
ނޯވޭ ޓީމުން ވޯލްޑް ކަޕަށް ދިޔައީ ކާބޯތަކެތި ވެސް ހިފައިގެން!
ވަރަށް ރަގަޅު ކަމެއްތީ އެކަމުން ހުވަދޫ އަތޮޅަށް ދަތުރުތައް ބޭއްވުމުން ވަރައް ފައިދާވާނެކަމައްފެނޭ އެއީ އައްޑޫ އައްވުރެން ހުވަދޫ މީހުން މާގިނައިން ދަތުރު ކުރާކަން ފާހަގަވޭ މިހާރުވެސް މޯލްޑިވިއަން އިން ޖާގަ ނުލިބޭ ފަހަރު ވަރައް ގިނަ.