މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާ ހަމައަށެވެ.
މެޓުން ސަމާލު ނެރުނީ މިއަދުގެ މެންދުރު 11:48 ގަ އެވެ. އަދި މެންދުރު 12 އިން ފެށިގެން ހަވީރު 5 ޖެހުމާ ހަމައަށް އެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުނެ އެވެ.
މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމުގެ އިތުރުން ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުންޏެވެ. އަދި އެ ސަރަހައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ވެސް މެޓުން ވަނީ ލަފާކޮށްފަ އެވެ.
މެޓުން މީގެ ކުރިން މޫސުމަށް ސަމާލުވުމަށް އަންގާފައި ވަނީ ހއ. އަތޮޅުން ފެށިގެން ބ.އަތޮޅާއި ހަމައަށެވެ.
އެއަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށާއި، އަދި ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ލަފާކޮށްފައިވެ އެވެ.
ކެއުމަށްފަހު ހެދޭ ގޯހަކުން ލޭގެ ހަކުރުގެ މިންވަރު މަތިވޭ!
މީރާއަށް ލަފާކުރި ވަރަށް ވުރެ މިދިޔަ މަހު އާމްދަނީ ދަށް
ސައުދީން އުފެއްދި ދިފާއީ އިއްތިހާދުގައި ރާއްޖެއިން ބައިވެރިވަނީ
