އުތުރުގެ ރަށެއްގައި 18 އަހަރު ނުފުރޭ ކުޑަ ކުއްޖަކަށް ދޮންބައްޕަ ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މި މައްސަލައިގައި ޖިންސީ އަނިޔާގެ ޝިކާރައަކަށް ވެފައި ވަނީ އުމުރުން 13 އަހަރުގެ ކުޑަ އަންހެން ކުއްޖެއް ކަމަށްވެ އެވެ. އަދި އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރީ އުމުރުން 33 އަހަރުގެ ފިރިހެނެކެވެ.
މި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ މީހާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އޭނާ އަކީ އެ ކުއްޖާގެ ދޮންބައްޕަ ކަމަށްވެ އެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އެ މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މައްސަލައިގައި ވަކި ގޮތެއް ނިންމުމަށް އެ މީހާ ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް 10 ދުވަސް ޖަހާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ބަލައި ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އެއްވެ އުޅުމާ ބެހޭ ގާނޫނު އުވާލަން އެމްޑީޕީން ހުށަހަޅައިފި
ބޮލީވުޑް ތަރިންގެ މާޒީއަށް ނަޒަރެއް!
ހަކުރުބަލި ކޮންޓްރޯލް ކުރަން މުޅިން ތަފާތު އުކުޅުތަކެއް!
