ސިނަމާލެ ބްރިޖު މަތީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާތަކެއް ލިބުނު ޒުވާނަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގައި މަރުވެފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ މަރުވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލެ އިން މާލެ އަށް ބާރު ސްޕީޑުގައި އެ ޒުވާނާ ދުއްވާފައިދިޔަ ސައިކަލު އޮފް ބެލެންސްވެ ވެއްޓިގެން ކަމަށް ފުލުހުން ބުންޏެވެ. މި އެކްސިޑެންޓުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ 19:57 ހާއިރު އެވެ.
މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.
މީރާއަށް ލަފާކުރި ވަރަށް ވުރެ މިދިޔަ މަހު އާމްދަނީ ދަށް
އަބީޝޭކްގެ ސަބަބުން ޝާހްރުކް ޚާންއަށް އައިޝްވާރްޔާ ނޫނެކޭ ބުނި؟
ސިއްހީ މަޝްރޫއުތަކުން 60 މިލިއަން ރުފިޔާ އިސްރާފުވި: ގީލާ