އުވާލާނެ ކަމަށް މިދިޔަ އަހަރު އިއުލާނުކުރި ސަރުކާރު ހިއްސާވާ ކުންފުނިތައް މިހާރު އޮތީ އުވާލުމުގެ މަރުހަލާގައި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ސަރުކާރު ހިއްސާވާ 31 ކުންފުނި އޮންނަ އިރު އޭގެ ތެރެއިން ނުވަ ކުންފުންޏެއް އުވާލަން ނިންމިކަން ފިނޭންސް މިނިސްޓްރީން އިއުލާނުކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ. އުވާލަން ކަނޑައަޅާފައިވާ ލިސްޓުގައި އޮތް ނުވަ ކުންފުނީގެ ތެރޭގައި މަސް ބަންދުކުރާ ކާރުހާނާ ހުންނަ ކޫއްޑޫ ފިޝަރީޒް އާއި ފެލިވަރު ފިޝަރީޒް މޯލްޑިވްސް ލިމިޓެޑު ހިމެނެއެވެ. އަދި މަޑިވަރު ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑާއި ގަން އެއާޕޯޓު ކޮމްޕެނީވެސް ހިމެނެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އެ ނުވަ ކުންފުނިވެސް މިހާރު އޮތީ އުވާލުމުގެ މަރުހަލާގައި ކަމަށެވެ.
ރައްޓެއްސަކާއެކު ހިނގާލުމުން ގިނަ ފައިދާތަކެއް!
މެރިން އެކްޕޯގެ މޮޓޯ އެކްސް ސްޓޯލަށް ގޮސްގެން ހާއްސަ އޮފާތަކެއް
ވޯލްޑް ކަޕް ބޮއިކޮޓް ނުކުރާނެ ކަމަށް ޖަރުމަނުން ބުނެފި