ފުލުހުނަށް ފިލަށް ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް މުލިއާގެ ފާރުގައި ޖެހި އެކްސިޑެންޓެއް ވެއްޖެ އެވެ.
ފުލުހުން ބުނީ، އެ އެކްސިޑެންޓު ހިނގީ މިއަދު ހަވީރު 4:30 ހާއިރު މަޖީދީމަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް މަޑުކުރަން ފުލުހުން އެންގުމުން މަޑުނުކޮށް އަލިކަލޭގެފާނު މަގުން ދަނިކޮށް މުލިއާގެ ފާރުގައި ޖެހިގެން ކަމަށެވެ. އަދި އެކްސިޑެންޓުވި ސައިކަލުގައި އަޅުވާފައި އޮތް ކޮތަޅުގެ ތެރެއިން ބަނގުރާ ފުޅިތަކެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ހާމަކުރެ އެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ބަންގްލަދޭޝް ފިރިހެނަކަށް ކަމަށާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ފުލުހުންގެ ބެލުމުގެ ދަށުން އައިޖީއެމްއެޗްގައި މިހާރު އޭނާއަށް ފަރުވާދެމުން ދާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ފުވައްމުލަކު ގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށައިފި
ޖަސްޓިން ހުށައެޅި މައްސަލަ ކޯޓުން ބޭރު ކޮށްލައިފި
ގަމު ކަސްޓޯޑިއަލްގައި ތިބި ބަޔަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް
ބަގުރާ ފާޅުގަ ގެންގުޅުމާ ދީނަށް ފުރައްސާރަކުރުމަކީ އިދިކޮޅު ލީޑާޝިޕްގެ ވަރުގަދަ ޕުލޭނެއްގެ ދަށުން ބަޔަކުލައްވާ ކުރުވާކަމެއް މިސަރުކާރު ބަދުނާމްކުރުމަށް