މަޝްހޫރު ބޮލީވުޑްގެ ބަތަލާ، ކަރީނާ ކަޕޫރްގެ ފުރަތަމަ ދަރިފުޅު ކަމަށްވާ ތައިމުރް އަލީ ޚާންގެ ފޮޓޯއެއް އާންމުކޮށްފި އެވެ.
އެ ފޮޓޯ އާންމުކޮށްފައި ވަނީ ކަރީނާ އޭނާގެ އިންސްޓަގްރާމަށް އާންމުކުރި ސްޓޯރީއެއްގަ އެވެ.
ކަރީނާ އާންމުކުރި އެފޮޓޯގައި ތައިމުރްގެ އަންހެން ރައްޓެހި ކުއްޖަކާއެކު ކުޅޭ މަންޒަރު ހިއްސާކޮށްފައިވެ އެވެ. އަދި ކަރީނާ ވަނީ ތައިމުރްގެ ފަރާތުން ތައިމުރްގެ އަންހެން ރަހުމަތްތެރިޔާއަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔާފަ އެވެ.
އެ ފޮޓޯ ފެނުމާއެކު ތައިމުރްގެ ފޭނުން ވަނީ، އެ ފޮޓޯގައި ތައިމުރް ލޯބިކަމުން ސޯޝަލް މީޑިޔާގައި އެ ފޮޓޯ ހިއްސާކޮށް، ތައުރީފު އޮއްސާލާފަ އެވެ.
ބޮލީވުޑްގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކަރީނާ އާއި ސައިފްގެ ދަރިފުޅަށް ވުމުން ތައިމުރަށް ވަނީ އޭނާ ދުނިޔެއަށް އައުމުގެ ކުރިން ވެސް މަޝްހޫރުކަން ލިބިފަ އެވެ.
ކުޑަކުދިން ލައްވާ ކުށްކުރުވާ މީހުންނަށް ހަރުކަށި އަދަބު ދޭނަން
ރައްޓެއްސަކާއެކު ހިނގާލުމުން ގިނަ ފައިދާތަކެއް!
ޖޭލޯއާއެކު އެއްވެސް ގުޅުމެއް ބާއްވަން ޖެނިފާ ބޭނުން ނުވަނީ ކީއްވެ
