ފިހާރައަކުން މަސްމިރުސް ޕެކެޓުތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކުރީ ސ. ހިތަދޫ، ހަބަރުމާގެ، އިބްރާހިމް ފައިސަލް 39 އެވެ.
އޭނާ ހައްޔަރުކޮށް ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށް ހަތް ދުވަސް ޖަހައިފަ އެވެ.
ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ މަސްމިރުސް ޕެކެޓުތައް ނެގި ކަމަށް އިއުތިރާފު ވެސް ވެފަ އެވެ. އަދި ޝަރުތުތަކަކާއެކު ނަމަވެސް ބަންދުން ދޫކޮށްލުމަށް އެދިފައިވެ އެވެ.
އޭނާ ބަންދުން ދޫކޮށްލުމަށް އެދުނު ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު ދަމަހައްޓާފަ އެވެ. އެއީ އޭނާ އަކީ އެފަދަ ކުށްތަކުގެ ރިކޯޑު އޮތް މީހަކަށް ވުމުން ކަމަށާއި، އޭނާ ދޫކޮށްލައިފިނަމަ، ކުށް އިތުރަށް ތަކުރާރުކޮށް، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފާނެތީ ކަަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފަ އެވެ.
ފަހަކަށް އައިސް ވައްކަމާއި ފޭރުމުގެ މައްސަލަތައް މާލޭގައި ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ. މިފަދަ މައްސަލަތައް މަދުކުރުމަށް އަމިއްލަ ފަރުދީ ޒިންމާ އަދާކުރުމަށް ވެސް ފުލުހުން މީގެ ކުރިން އިލްތިމާސްކޮށްފައިވެ އެވެ.
ކޮރެއާ ބަލިކޮށް ސައުތު އެފްރިކާ ފުރަތަމަ ފަހަރަށް ދެވަނަ ބުރަށް
ފިރިހެނުންގެ ނަފްސާނީ ސިއްހަތަކީ ލަދު ގަންނަން ޖެހޭ ކަމެއް ނޫން!
ކައްދުއަށް 40 މިނިޓުން ދެވޭ އިސްދޫގައި އެއާޕޯޓެއް އަޅަނީ
