ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އަންނަ ބުދަ ދުވަހު ރާއްޖެ އަށް ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހަސީނާ ރާއްޖެ ވަޑައިގަންނަވަނީ ދެދުވަހުގެ ރަސްމީ ދަތުރުފުޅެއްގަ އެވެ. އަދި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެކަމަނާ ރާއްޖޭގައި ބޮޑު ޗުއްޓީއެއް ހޭދަ ކުރައްވާނެ ކަމަށް ޚަބަރުތައް ބުނެ އެވެ.
ޝައިޚް ހަސީނާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ބަންގްލަދޭޝްގެ ޑޮކްޓަރުން ރާއްޖެ ގެނައުމާ ގުޅޭ ރަސްމީ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ބަންގްލަދޭޝް އިން ރާއްޖެ އަށް 200 މިލިއަން ޑޮލަރު ގެ ލޯނެއް ދިނުމަށްވެސް ނިންމާފަ އެވެ.
މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ރަސްމީ މަޝްވަރާތައް ބޭއްވުމަށްވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި އިގްތިސާދީ ދާއިރާ އިން ގުޅުން ބަދަހި ކުރުމާއި ދަނޑުވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާ އިން ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް މައުލޫމާތު ލިބެ އެވެ.
މިދިޔަ މާޗު މަހުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެ ގައުމަށް ދަތުރުފުޅެއް ކުރައްވާފަ އެވެ. އަދި މިދިޔަ މަހު ފަހުކޮޅު ނައިބު ރައީސް ފައިސަލް ނަސީމް ބަންގްލަދޭޝްއަށް ވަޑައިގެންނެވި އެވެ.
އެމެރިކާއިން ސައުދީއަށް 1.96 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ
ޖަޕާނުން ރާއްޖެއަށް 1 މިލިޔަން ޑޮލަރުގެ އެހީ ދީފި
މާލޭގެ މޭޔަރާއި ކައުންސިލަރުންނަށް އެޗްޑީސީން ހުރަސްއަޅައިފި