ކޮޕް ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު މާލެ ވަޑައިގެންފި އެވެ.
ކޮޕް ސަމިޓް ބާއްވާފައިވަނީ ނޮވެމްބަރު 1 އިން 12އަށް ސްކޮޓްލޭންޑްގެ ގްލާސްގޯގަ އެވެ. މި ސަމިޓްގައި ރައީސް ނަޝީދު ވަނީ ދުނިޔޭގެ ވަރަށް ގިނަ ލީޑަރުންނާއި ބައްދަލުކުރައްވާފަ އެވެ.
އެމަނިކުފާނު މާލެ ވަޑައިގަތުމަށްފަހު މިފަހަރު ހުންނަވާނީ އެމަނިކުފާނަށް ހާއްސަކޮށް ސަރުކާރުން ހެއްދެވި ގެކޮޅު ކަމަށްވާ މުރައިދޫގޭގައި ކަމަށް ހަބަރު ލިބެ އެވެ. ރައީސް ނަޝީދަށް ދެވުނު ހަމަލާއަށްފަހު ބޭސްފަރުވާއަށް ޖަރުމަނަށާއި އިނގިރޭސި ވިލާތުގައި ހުންނެވުމަށްފަހު މާލެ ވަޑައިގެން އެމަނިކުފާނު ހުންނެވީ ހޮޓެލް ޖެންގަ އެވެ. ހޮޓެލް ޖެންގައި ހުންނެވުމަށް ދުވާލަކު 33،000 ރުފިޔާ ދައުލަތުން ވަނީ ހަރަދުކޮށްފަ އެވެ. އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންވަނީ އެމަނިކުފާނާއި ސަރުކާރަށް އަމާޒުވެފަ އެވެ.
ރައްޔިތުންގެ މަޖިިލީހުގެ ރައީސްގެ ގެކޮޅުގެ ޚަރަދަށް އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ދައުލަތުގެ ބަޖެޓުގައި 6.8 މިލިއނަް ރުފިޔާ ހިމަނާފައިވެ އެވެ.
އެޗްޑީސީން ޔާމީނަށް ވަޒީފާދޭން އަންގާފަ އޮއްވާ މަގާމު އުވާލައިފި
ޓްރީ ޓޮޕާއި މަޔޯ ކްލިނިކް ގުޅިގެން މެޑިކަލް ވޯކްޝޮޕްތަކެއް
އޮކްޓޫބަރު މަހު ވޭޕް ޖޫރިމަނާއަށް 226،000 ރުފިޔާ
ކެނެރީގެ ނަޝީދު މަޖްލީހުގެ ރައީސް ކަމުން ބޭރުކޮށްފައި ގާސިމް އިބްރާހިމް އަށް މަޖްލީހުގެ ރައީސް ކަން ދޭންވީއޭ ކެނެރީގެ ނަޝީދު މަޖްލީހުގެ ރައީސް ކަމުން ބޭރުކުރޭ އޭނާ ވަނީ 50 މިލިއަން ޑޮލަރުގެ ކަޓެއް އިންޑިއާ އިން ޖައްސައިގެން ރާއްޖޭގެ މިނިވަން ކަން އިންޑިއާ އަށް ވިއްކާލާފައޭ ކެނެރީގެ ނަޝީދު މަޖްލީހުގެ ރައީސް ކަމުން ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ