ޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ ސިއްހީ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޝިޔާމްގެ ސިއްޙީ ހާލުކޮޅާ ގުޅޭގޮތުން ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނީ މަޖިލީހުގައި އިއްޔެ ހުންނަވަނިކޮށް ހާލުކޮޅު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި ޝިޔާމްގެ ޓެސްޓްތަކެއް ހަދައި، ހާލަތު އިތުރަށް ދެނެގަތުމަށް ޑޮކްޓަރު ބޭނުންވާތީ އޭޑީކޭގައި އެޑްމިޓްކޮށްފައިވާ ކަމަށެވެ.
އެ ޕާޓީން ބުނީ ޝިޔާމްގެ ކޯވިޑް-19ގެ ޓެސްޓުގެ ނަތީޖާ ނެގެޓިވްވެފައި ވާ ކަމަށާއި، އަދި ހާލުކޮޅު ވެސް ރަނޅުވަމުން އަންނަ ކަމަށެވެ. މީގެ އިތުރުން މިއަހަރުގެ ޖޫން މަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހިނގި ހަމަނުޖެހުމުގައި ޝިޔާމްގެ މައިބަދައަށް ލިބުނު އަނިޔާތަކާ ގުޅިގެން އޭނާއަށް ސިއްޙީ އެކިއެކި މައްސަލަތައް ކުރިމަތިވަމުންދާ ކަމަށް ޕީޕީއެމުން ބުނެފައިވެ އެވެ.
މެންބަރު އަޙްމަދު ޝިޔާމް ހޮސްޕިޓަލަށް ގެންދިއުމަށް އެހީތެރިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ވެސް ޕީޕީއެމުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު ޝިޔާމަކީ މިވަގުތު އިދިކޮޅު ހަރަކާތްތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެއް މެމްބަރެވެ.
"ބޮޑު ބަދަލު" އޮފީސް އުފައްދައިފި
އިސޫއާއި އިތުރު މީހަކަށް ތޫނުއެއްޗަކުން ހަމަލާދީފި
އޮޅިގެން ދިން ބޯނަސް، 6 މަސް ފަހުން އަތުލަނީ