ރޭގެ ވަގުތެއްގައި ހުޅުމާލޭއިން ރަހީނު ކުރި ކުއްޖާ ހޯދައިފި އެވެ.
ފުލުހުން ބުނީ ކުޑަ ކުއްޖަކު ރަހީނު ކުރި ކަމުގެ ރިޕޯޓެއް ރޭ މެންދަމު 12:50 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި އެކުއްޖާ ހެނދުނު 6:17 ގައި ފެނިފައިވާ ކަމަށް ފުލުުހުން ވިދާޅުވި އެވެ.
މި މައްސަލައާއި ގުޅިިގެން ފުލުހުން ހޯދާފައިވަނީ އުމުރުން 13 އަހަރުގެ އަންހެން ކުއްޖެކެވެ.
މި މައްސަލައާއި ގުޅިގެން ރަހީނު ކުރި އެ ކުއްޖާ ގެންދިޔައީ އެ ކުއްޖާގެ އާއިލާގެ މީހަކު އެހެން މީހަކަށް ދޭންޖެހޭ ފައިސާތަކެއް ނުދީގެން ކަމަށް ބައެއް މީޑިޔާތަކުން ބުންޏެވެ.
ފުލުހުން ބުނީ އެ ކުއްޖާ ރަހީނު ކޮށްފައިވަނީ ރޭ 10 ޖަހާ ކަންހާއިރު އެވެ. ރަހީނު ކުރި ކުއްޖާ ހޯދާފައިވާއިރު، ކުއްޖާއަށް އެއްވެސް އަނިޔާއެއް ލިބިފައިހުރިކަމުގެ މައުލޫމާތެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކޮށް ބަލަމުން ގެންދާނެ ކަމަށެވެ.
ކަށިމިޔަރުގެ މަސްވެރިކަން ހުއްޓުވާ މައްސަލަ ބަލައިގެންފި
"ދެކުނު އޭޝިއާގައި އެންމެ ދަރަނި ބޮޑު ގައުމަކީ ރާއްޖެ"
ރޮނާލްޑޯ ޖޫނިއާ ވޯލްޑް ކަޕް ކުޅޭނީ ކޮން ގައުމަކަށް؟
