މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައި، މީހަކު ފިހިއްޖެ އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ މާލޭގެ ގެއެއްގައި ގޭސްފުޅިއެއް ގޮވައި މީހަކު ފިހިފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ ގޭސްފުޅި ގޮވީ މ. އޮޅުހާ ގޭގެ ފުރަތަމަ ފަންގިފިލާގައި ކަމަށެވެ. އަދި ގޭސް އެކްސްޕްލޯޝަނެއް ހިނގައިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.
ގޭސްފުޅިއެއް ގޮވުމާއ ގުޅިގެން އެމްއެންޑީއެފަށް ހާދިސާ ރިޕޯޓުކޮށްފައިވަނީ މިއަދު 15:21 ހާއިރުކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
މި ހާދިސާގައި އެކަކަށް އަނިޔާވެފައިވާއިރު، އޭނާ ފިހުމާއި ގުޅިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށް އެމްއެންޑީފުން ވަނީ ބުނެފަ އެވެ. ނަމަވެސް އޭނާއަށް އަނިޔާ ލިބިފައިވަނީ ކިހާވަރަކަށް ކަމެއް އެމްއެންޑީއެފުން ހާމައެއްނުކުރެ އެވެ.
މާލޭ ހިޔާ އެކެއްގެ 5 ވަނަ ފްލޯއިން މީހަކު ވެއްޓިގެން ފަރުވާދެނީ
ކެއްކުމުގެ ކުރިން ކުކުޅުގެ ހަން ނޮޅަން ޖެހޭނެތަ؟
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ވެސް އިސްތިއުފާ ދެއްވައިފި
