ކަޒްމިކް އިންޓަނޭޝަނަލްއިން ގެނެސްދޭ ކްރައިމް ތްރީލާ ވެބް ސީރީޒް "ދަރަކަ" ޓީޒާ ދައްކާލައިފި އެވެ.
ތަފާތު ފިލްމުތަކެއް ގެނެސްދީފައިވާ އިލްޔާސް ވަހީދު އާއި އާސިމް އަލީ ގުޅިގެން ކަޒްމިކް އިންޓަނޭޝަނަލްގެ ފަރާތުން ގެނެސްދޭ "ދަރަކަ" އަކީ އަލަށް ޑައިރެކްޝަނަށް ނިކުންނަ އަޒްހާން އިބްރާހިމް ޑައިރެކްޓް ކޮށްފައިވާ ވެބް ސީރީޒް އެކެވެ.
"ދަރަކަ" އާ ބެހޭގޮތުން މިސީރީޒްގެ އެއް ޕްރޮޑިއުސަރު އިލްޔާސް ވަހީދު (އިއްލެ) ބުނީ މިސީރީޒްގައި ޖުމްލަ އަށް އެޕިސޯޑް ހިމެނޭ ކަމަށެވެ.
"ދަރަކަ" ޓީޒާ ދައްކާލާފައިވާއިރު އިއްލެ ބުނީ މި ސީރީޒްގައި ހަރަކާތްތެރިވާ އެކްޓަރުންގެ މައުލޫމާތު ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ. މި ސީރީޒްގެ ޝޫޓިންގެ މަސައްކަތް ފާއިތުވީ ދެ މަސް ދުވަސް ވަންދެން ކުރި ކަމަށާއި މިހާރު ޝޫޓިން އެއްކޮށް ނިމިފައިވާ ކަމަށް ވެސް އިއްލެ ބުންޏެވެ.
ކަޒްމިކްއިން މިވަގުތު ދަނީ މި އައު ސީރީޒްގެ ސްޓްރީމިން ރައިޓްސް ގަންނާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ދަރަކަގެ ސްޓްރީމިންގް ރައިޓްސް ގަންނަން ބޭނުންވާ ފަރާތަކުން 7775677 ނަންބަރަށް ގުޅައިލުމަށް ކަޒްމިކްއިން އެދެ އެވެ.
ވިލްއަށް ކުރެވުނު ޖިންސީ ގޯނާގެ ދައުވާ ކޯޓުން ބޭރު ކޮށްލައިފި
އިންސާނާގެ މިޒާޖުގެ ފަހަތުގައި ވަނީ ކޮން ސިއްރެއް؟
"ދަ ޑެވިލް ވެއާސް ޕްރާޑާ"ގެ ތިންވަނަ ބައެއްގެ އިޝާރާތެއް!
