ޅ. މާކޫގައި ރިހެބިލިޓޭޓް ކުރަމުންދާ ގުޑުގުޑާ ދޫނީގެ ހާލު ވަރަށް ބޮޑަށް ދެރަވެފައިވާ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފި އެވެ. މި ދޫންޏަކީ ރާއްޖެ އައި ގުޑުގުޑާދޫނިތަކުގެ ތެރެއިން ހިފައި، ފިޔަ ކޮށައި ވިއްކަން މަސައްކަތް ކުރަނިކޮށް ސަރުކާރުން ހިމާޔަތްކޮށް ވަކި ރަށެއްގައި ބަލަހައްޓަމުން އަންނަ ދޫންޏެކެވެ.
އީޕީއޭ އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެ ދޫނި ޅ. މާކޯގައި އޮންނަ ކުޅިއަށް ގެންގޮސް ޑޮކްޓަރުންގެ އެހީއާއެކު އަންނަނީ ފަރުވާ ދެމުން އައި ނަމަވެސް އޭގެ ހާލު ވަރަށް ދެރަ ކަމަށެވެ. ދޫނި އޮތީ އެއްތަނުން އަނެއްތަނަށް ހިޖުރަ ނުކުރެވޭ ހާލުގައި ކަމަށް ވެސް އެ އެޖެންސީން ފާހަގަކުރެ އެވެ.
ދޫނި ވިއްކަން އުޅުނު މީހާ އަތުން ފްލެމިންގޯ އަތުލިއިރު ވެސް އޭގެ ހާލު ވަރަށް ދެރަ ކަމަށާއި ދޫނި އޮތީ އެއްތަނުން އަނެއްތަނަށް ހިޖުރަ ނުކުރެވޭ ހާލުގައި ކަމަށް ވެސް އެ އެޖެންސީން ފާހަގަކުރެ އެވެ.
ރާއްޖޭގައި މިފަދަ ދޫނިސޫފާސޫފިތަކަށް ފަރުވާ ދެވޭނެ ރަނގަޅު ފެސިލިޓީތައް ވެސް ނެތުމުން ފަރުވާދޭން އުނދަގޫވާ ކަމަށާއި މިފަދަ ދޫނިސޫފާސޫތްޕަށް އަނިޔާ ނުކުރަންވީ އެހެންވެ ކަމަށް އީޕީއޭ އިން ވިދާޅުވި އެވެ.
ހޫނު މޫސުމުގައި އާއްމު ސިއްހަތަށް ރައްކާތެރިވާނީ ކިހިނެއް؟
ގައުމީ އިނާމަށް ނަން ހުށަހެޅުން ބުދަ ދުވަހު ހުޅުވާލަނީ
ފުލެމިންގޯ ހިފި މީހާއަށް ޙައްގުވާ އަދަބުދީ!