ޑީއެންއޭ ހެއްކަކީ ޒިނޭގެ ކުށް ސާބިތުކުރުމަށް ބޭނުންކުރެވިދާނޭ ހެއްކެއް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
ސުޕްރީމް ކޯޓުން މިފަދައިން ނިންމައި ކަނޑައެޅީ މުހައްމަދު ތައުފީގު ނަމަކަށް ކިޔާ މީހެއްގެ މައްޗަށް ދައުލަތުން ޒިނޭގެ ކުށުގެ ދައުވާ ކޮށް އެމައްސަލަ ސާބިތުވުމާއި ގުޅިގެންނެވެ.
މިގޮތުން ދައުލަތުން އޭނާގެ މައްޗަށް މިފަދައިން ދައުވާކޮށްފައިވަނީ 2016 ވަނަ އަހަރު ފާތުމަތު ޝަމީމާ، ހދ.ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ވިހެއި ކުއްޖަކީ މުހައްމަދު ތައުފީގާއެކު ޒިނޭކުރުމުގެ ސަބަބުން ލިބިފައިވާ ކުއްޖެއްކަމަށް އޭނާ ބުނުމާއި ގުޅިގެންނެވެ. މި މައްސަލައިގައި އެ ކުއްޖާގެ ޑީއެންއޭ މުހައްމަދު ތައުފީގުގެ ޑީއެންއޭ އާ ވަނީ ދިމާވެފަ އެވެ.
ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގައި ދައުލަތުން އޭނާގެ މައްޗަށް ދައުވާކޮށްފައިވާއިރު، ޒިނޭކުރި މީހާގެ އިއުތިރާފުން ނުވަތަ މަދުވެގެން ހަތަރު ފިރިހެނުންގެ ހެކިބަހުން މައްސަލަ ސާބިތުވުމާއި ގުޅިގެން، އެ ކޯޓުން ވަނީ އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުނުވާކަމަށް ނިންމާފަ އެވެ.
ނަމަވެސް ކޯޓުގެ އެ ނިންމުން ދައުލަތުން އިސްތިއުނާފް ކުރުމުން ހައިކޯޓުން އެނިންމުމަށް ތާއީދުކޮށް ވަނީ ޒިނޭ ސާބިތު ކުރުމަށް އިސްލާމް ދީނުގައި އޮތް މިންގަނޑަށް އެކަން ސާބިތުވާކަމަށެވެ.
2027 ގެ އީދުގައި ސަލްމާންގެ ފިލްމެއް؟
ރިސޯޓެއްގެ ޕޫލަށް ވެއްޓި ކުއްޖަކު މަރުވެއްޖެ
ހޫނު މޫސުމުގައި ކޮންޑޯ އެއާލައިނުން އަލުން ދަތުރު ފަށަނީ
