މީ ޕްރޮޑަކްޝަން އިން ގެނެސްދޭ ވެބް ސީރީޒް "ސިއްރު" މިމަހުގެ 21 ގައި ރިލީޒްކުރަން ނިންމައިފި އެވެ.
މުހައްމަދު އަބޫބަކުރު (މާއެނބޫ) ޑައިރެކްޓް ކޮށްފައިވާ ވެބް ސީރީޒް "ސިއްރު" ދެއްކުމަށް ހަމަޖެހިފައިވަނީ "ބައިސްކޯފް"ގަ އެވެ.
ފަސް އެޕިސޯޑްގެ މައްޗަށް އެކުލެވޭ މިސީރީޒްގައި ފެނިގެންދާނީ އަޙްމަދު އާސިމް އާއި ހައްވާ ޝާދިޔާ (ޝާ)، އާމިނަތު ޝުހާ، އަޙްމަދު ޝަރީފް އެވެ.
ޝަމާހް އިބްރާހީމް ކެމެރާ ކޮށްފައިވާ މި ސީރީޒަށް ބެކް މިއުޒިކް ހަދައިދީފައިވަނީ އައްޔުމަން ޝަރީފް އެވެ. މިއީ ޝަމާހްގެ ވާހަކައަކަށް ގެނެސްދޭ ވެބް ސީރީޒެކެވެ.
މީ ޕްރޮޑަކްޝަނުން އެންމެ ފަހުން ގެނެސްދީފައިވަނީ މާއެނބޫ ޑައިރެކްޓްކޮށްފައިވާ ވެބް ސީރީޒް "އަހަރެންވެސް ލޯބިވޭ" ގެ ދެވަނަ ސީޒަން އެވެ. އެ ސީރީޒް ވެސް ގެނެސްދީފައިވަނީ މިއަހަރު ކުރީކޮޅު ބައިސްކޯފުން ނެވެ.
މިކަންކަން ފެންނަނަމަ އަވަހަށް އޭސީ މަރާމާތު ކޮށްލާ!
ރިތިކްގެ އެންމެ ފުރަތަމަ މުސާރައަށް ގަތީ ކުޅޭ ކާރެއް!
ދިފާއުގައި ވާހަކަ ދައްކަން އީޝާއަކަށް ފުރުސަތެއް ނުދިން: ވަކީލު