އަމީނީމަގު ސީގަލް ފިހާރަ އިންވެގެން ހުރި ގ. ތުނޑި އިމާރާތުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި އެވެ.
އެމްއެންޑީއެފްއިން ބުނީ މިއަދު 11:55 ހާއިރު ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައި ވަނީ މެންދުރު 12:16 ހާއިރު ކަމަށެވެ.
އަލިފާން ރޯވީ އިމާރާތުގެ ހަތަރު ވަނަ ފަންގި ފިލާގަ އެވެ. އަދި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.
އަލިފާން ރޯވީ އެ ފްލޯގެ އޭސީތަކެއްގައިކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އެސަރަހައްދުގައި އަލިފާން ރޯވުމުން ވަރަށް ބޮޑަށް ދުމުގެ އަސަރު ހުރުމުން އެސަރަހައްދަށް އާންމުން ނުދިއުމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކުރައްވާފަ އެވެ.
އަލިފާނުގެ ހާދިސާއާއި ގުޅިގެން އެޗްޕީއޭއިން ކޮށްފައިވާ ޓުވީޓެއްގައި ބުނީ މިވަގުތު އަމީނީމަގު ސީގަލް ފިހާރަ ސަރަހައްދުގައި ހިނގަމުންދާ އަލިފާނުގެ ހާދިސާގައި، ދުމުން ރައްކާތެރިވުމަށް ދުމުގެ އަސަރު ކުރާ ހިސާބަށް އާއްމު ފަރާތްތަކުން ނުދިޔުމަށް އިލްތިމާސްކުރާ ކަމަށެވެ.
މިސްރަށް ވޯލްޑް ކަޕްގައި ފުރަތަމަ މޮޅު، އީރާނަށް ޕޮއިންޓެއް
"ދަނޑުވެރި ނަފާ" ލޯނު އިސްލާމީ އުސޫލަށް ބަދަލުކޮށްފި
ޑިޖިޓަލް ސާވިސްއަށް ބޮޑެތި ބާރުތަކެއް ދޭން ބިލެއް ހުށަހަޅައިފި