ދިރާގު ޕްރީޕެއިޑް ޑޭޓާ ސިމްތަކުގެ ހުރިހާ ޕެކޭޖަކުން އިތުރު ހަރަދަކާ ނުލައި ތިން ގުނަ އާ ހަމައަށް އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަންގެ މުއްދަތު އިތުރު ކޮށްފި އެވެ.
މި ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފައިވަނީ މިމަހުގެ ނިޔަލަށެވެ.
ދިރާގު ޕްރީޕެއިޑް ޑޭޓާ ސިމްތަކުގެ ޕެކޭޖްތަކުގެ ތެރޭގައި މަހަކު 299 ރުފިޔާ އާއި 2999 ރުފިޔާގެ ދެމެދުގެ ޕެކޭޖްތައް ހިމެނެ އެވެ. އަދި މި ކޮންމެ ޕެކޭޖެއްގެ މުއްދަތަކީ އެކްޓިވޭޓް ކުރާ ދުވަހުން ފެށިގެން 30 ދުވަހެވެ.
ދިރާގު ޕްރީޕެއިޑް ޑޭޓާ ސިމްގެ ޕެކޭޖްތައް އެކްޓިވޭޓް ކުރުމަށް ދިރާގު މޮބައިލް އެޕް ނުވަތަ ޕެކޭޖްގެ ކީވޯޑްޖެހުމަށްފަހު 343 އަށް އެސް.އެމް.އެސް ފޮނުވުމުން ވެސް އެކްޓިވޭޓް ކުރެވޭނެ އެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ގިނަ ފައިދާތަކެއް ހޯދައިދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށެވެ.
މެސީގެ ބައްޕަ އުމުރުން 68 އަހަރުގައި މަރުވެއްޖެ
ފިލްމެއް ޕްރޮމޯޓް ކުރަން ހޮލީވުޑް ބިލްބޯޑުގައި މީހަކު ދިރިއުޅެނީ!
"ބިންތަކުގެ ބާރު ނަގާ އިސްލާހާއެކު މަޝްރޫއުތައް އަވަސް ވާނެ"