ހާޓްއެޓޭކްއަކީ މިއަދުގެ ދުނިޔޭގައި ވަރަށް އާއްމު ވަމުން އަންނަ ކަމެކެވެ. ހާޓް އެޓޭކް ޖެހިގެން މަރުވާ މީހުން ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުން ދާއިރު މިކަމާ ބެހޭގޮތުން އެދެވިގެންވާ މައުލޫމާތު ލިބި، ހޭލުންތެރިވުމަކީ މުހިއްމު ކަމެކެވެ.
އާއްމު ގޮތެއްގައި ހާޓްއެޓޭކްގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ މެއިން ދިލަނެގުމާއި މެއަށް ތަދުވުން ނަމަވެސް މިކަމުގެ ނުރައްކާ ބޮޑުވާ ކަމަކީ މިއިން އެއްވެސްގެ އަލާމާތެއް ނުފެނި ހާޓްއެޓޭކް ޖެހޭ މީހުންގެ އަދަދު ގިނަވުމެވެ. މިއަށް ކިޔަނީ "ސައިލެންޓް ހާޓްއެޓޭކް" އެވެ.
ސައިލެންޓް ހާޓްއެޓޭކް އަކީ ހާޓްއެޓޭކް ޖެހޭ ކަމުގެ މާބޮޑު އަލާމާތެއް ނުފެނި ޖެހޭ ހާޓްއެޓޭކްތަކެވެ. މިފަދަ ހާޓްއެޓޭކްއެއް ޖެހި ކުރިއާލާ ދެނެ ނުގަނެވިއްޖެނަމަ ނަމަ ފަރުވާ ދިނުން ލަސްވެ، ފުރާނައަށް ގެއްލުންވުން ގާތެވެ. އެހެން ކަމުން މިފަދަ ހާޓްއެޓޭކްތަކުގެ އަލާމާތްތަކަށް ސަމާލުވެ ތިބުން މުހިއްމެވެ.
ހާޓްއެޓޭކް ޖެހޭ މީހުންގެ 45 ޕަސެންޓަކީ ސައިލެންޓް ހާޓްއެޓޭކް ޖެހޭ މީހުންނެވެ. ސައިލެންޓް ހާޓްއެޓޭކް އެއް ޖެހޭއިރު ހަށިގަނޑުން ކުދި ކުދި އަލާމާތްތަކެއް ފެންނާނެ އެވެ.
އެގޮތުން ވާތްފަރާތު ކޮނޑާއި ކަނދުރާއާ އެއްކޮށް އަތުގައި ރިއްސުމާއި ބޯ އެނބުރުމާއި ދާ ހިއްލުމަކީ ސައިލެންޓް ހާޓް އެޓޭކެއްގެ ކުރިން ފެނިދާނެ އަލާމާތްތަކެވެ.
މިފަދަ އަލާމާތްތަކަށް ފަރުވާ ކުޑަ ކުރުމަކީ ހާލަތު އިތުރަށް ގޯސްވުމަށް މެދުވެރިވާނެ ކަމެކެވެ. އެހެން ކަމުން ހާޓްއެޓޭކްއެއްގެ އަލާމާތެއް ކަމަށް ޝައްކުވާ ނަމަވެސް ވީ އެންމެ އަވަހަކަށް ސިއްހީ ފަރުވާ ހޯދުން މުހިއްމެވެ.
ފެނަކައިގެ މުވައްޒަފުން އަދިވެސް މަދުކުރަން ލަފާދޭނަން: އަޒާން
ނަފްސާނީ ތޫނުފިލިކަން އިތުރުކޮށް ބާރުވެރި މީހަކަށް ވާނީ ކިހިނެއް؟
ސަވާހިލި އަލުން އައްޑޫ ރައްޔިތުންނާ ހަވާލުކުރާނަން: ޝާހިދު