މާމުއި ކުޅަނދުރުގެ ވިހައިގައި ހުންނަ މާއްދާއަކުން ސިއްހަތު ރަނގަޅު ސެލްތަކަށް ގެއްލުން ނުދީ އުރަމަތީގެ ކެންސަރަށް ފަރުވާ ކުރެވޭނެ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ޔުނިވަސިޓީ އޮފް ވެސްޓާން އޮސްޓްރޭލިއާގެ މާހިރުންތަކެއް ވަނީ ދިރާސާކުރުމަށްޓަކައި ޕާތް، އަޔަލޭންޑް އަދި އިންގްލޭންޑުން 312 މާމުއި ކުޅަނދުރުގެ ވިހަ ނަގައިގެން ތަހުލީލުކޮށްފަ އެވެ.
މި މާހިރުންގެ ޓީމުން ވަނީ އެ ވިހަ ބޭނުންކޮށްގެން އެކި ވައްތަރުތަކުގެ އުރަމަތީގެ ކެންސަރަށް ފަރުވާ ދީފަ އެވެ. އަދި ބެލި ބެލުމުން އެނގުނުގޮތުގައި އޭގެ ސަބަބުން ޓިއުމަރު ތަކާއި ކެންސަރަސް ސެލްތައްވެސް ނައްތާލަ އެވެ.
މީގެ ކުރިން މާމުއި ކުޅަނދުރުގެ ވިހަ އާއި އެ ވިހައިގައި ހުންނަ މެލިޓިން ކިޔާ މާއްދާއަކުން ކެންސާ އަދި ނޯމަލް ސެލްތަކަށް ކުރާ އަސަރު ބަލަން ދިރާސާއެއް ހެދިފައެއް ނުވެ އެވެ.
ދިރާސާކުރާ މީހުން ވަނީ މި މެލިޓިން ކިޔާ މާއްދާ ވަކިން ނަގައިގެން ކެންސާ ސެލްތަކުގެ 100 އިންސައްތަ ރައްކާތެރިކަމާ އެކު ނައްތާލާފަ އެވެ.
އަމީތާބު އެންމެ ދުވަހަކުން 12 ފިލްމުގެ މަސައްކަތް ނިންމާލައިފި
ހައިޓީ ބަލިކޮށް ސްކޮޓްލޭންޑަށް ރަނގަޅު ފެށުމެއް
ސިނާއަތްތަކަށް ދޫކޮށްފައިވާ ލޯނުގެ އަދަދު 51.7 ބިލިއަނަށް
