ޖެނީވާ (02 ސެޕްޓެމްބަރު) - ކޮވިޑް 19ގެ އާ ވޭރިއަންޓެއް ފެނި، އެ ވޭރިއަންޓްގެ އިތުރު ތަހުލީލުތައް ކުރަމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.
"މޫ"ގެ ނަމުން ނަން ދީފައިވާ މި ވޭރިއަންޓަކީ ކޮވިޑް ވެކްސިނުން ލިބިދޭ ރައްކާތެރިކަން ފޫއަޅުވާލުމުގެ ގާބިލުކަން ލިބިފައިވާ ވޭރިއަންޓެއް ކަމަށް އަންގާރަ ދުވަހު އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކޮލަމްބިއާއިން ފުރަތަމަ ފެނުނު މި އާ ވޭރިއަންޓްގައި ބީޓާ ވޭރިއަންޓާ އެއްކަހަލަ ސިފަތަކެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އަލަށް ފެނިފައިވާ މޫ ވޭރިއަންޓް ހަލުވި ކަމާއެކު ދެކުނު އެމެރިކާއާއި ޔޫރަޕްގައި ފެތުރެމުންދާއިރު ވޭރިއަންޓްގެ ސިފަތައް ދެނެގަތުމަށްޓަކައި އިތުރު ދިރާސާތައް ކުރަން ޖެހޭ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެފައިވެ އެވެ.
ކޮވިޑް 19ގެ ގިނަ ވޭރިއަންޓްތައް ދުނިޔޭގެ އެކި ހިސާބުތަކުން ފެނިފައިވާއިރު މިހާތަނަށް އެންމެ ނުރައްކާތެރި ކަމަށް ބެލެވިފައިވަނީ އިންޑިއާއިން ފެނުނު ޑެލްޓާ ވޭރިއަންޓެވެ.
މީގެ ކުރިން ފެނިފައިވާ ކޮވިޑް ވޭރިއަންޓްތަކުގެ ތެރޭގައި އަލްފާ ވޭރިއަންޓާއި ބީޓާ ވޭރިންޓާއި ގޭމާ ވޭރިއަންޓްގެ އިތުރުން ޑެލްޓާ ވޭރިއަންޓް ހިމެނެ އެވެ.
			ކޮޅުވެއްޓި ހާދިސާގައި ހާލު ސީރިއަސްވި މީހާ މަރުވެއްޖެ
		
			ޝަހީދުންގެ ޝަރަފުގަ ދިދަ ވިހުރުވުން ހަރަކާތް ކުރިޔަށް ގެންގޮސްފި
		
			ކޮޅުވެއްޓި ހާދިސާގައި އަނިޔާވި ދިވެއްސެއްގެ ހާލު ވެސް ސީރިއަސް