ދިރިއުޅުމުގައި ނޭނގި ނަމަވެސް ގެންގުޅެވޭ އާއްމު އާދަތަކެއްގެ ސަބަބުން ސިއްހަތަށް ގިނަ ގެއްލުންތަކެއް ލިބެ އެވެ. އެގޮތުން މި ލިޔުމުގައި މި ބަލާލަނީ ހިތުގެ ސިއްހަތަށް ގެއްލުން ލިބޭ ބައެއް އާދަތަކަށެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން
ދުންފަތުގެ އިސްތިއުމާލުކުރުމަކީ އެތައް ގޮތަކުން ގެއްލުން ހުރި ކަމެއްކަން ޑޮކްޓަރުން އަބަދުވެސް ހަނދާންކޮށްދެ އެވެ. އެއީ ފުއްޕާމޭގެ އިތުރުން ހިތުގެ ބަލިތަކަށް ވެސް މަގުފަހިވާ ކަމެކެވެ. މީގެ އިތުރުން އެހެން މީހަކު ދުންފަތުގެ އިސްތިއުމާލު ކުރުމުން ބޭރުވާ ދުން ހަށިގަނޑުގެ ތެރެއަށް ވަދެގެން ވެސް ހިތުގެ ހިނގުމަށް އަސަރުކުރެ އެވެ.
ބަރުދަނަށް އިހުމާލުވުން
ބަރުދަނާމެދު ފަރުވާކުޑަވުމަކީ ހިތުގެ ސިއްހަތަށް އޭގެ ސަބަބުން އަސަރުކުރާ ކަމެކެވެ. މާބޮޑަށް ބަރުދަން އިތުރު ވިޔަސް ނުވަތަ ލުއި ވިޔަސް އޭގެ ނޭދެވޭ އަސަރު ހިތުގެ މަސައްކަތްތަކަށް ކުރާނެ އެވެ. އެހެންކަމުން ސިއްހަތު ރަނގަޅު ބަރުދަނެއް ދެމެހެއްޓުމަށް މަސައްކަތް ކުރާށެވެ.
ހެލިފެލިވެ އުޅުން މަދުވުން
ހިތުގެ އިތުރުން އެހެނިހެން އެތެރެ ހަށީގެ ގުނަވަންތައް އެންމެ ރަނގަޅު ގޮތުގައި މަސައްކަތް ކުރުމަށް ކަސްރަތުކުރުމަކީ ޒަރޫރީ ކަމެކެވެ. އެދެވިގެންވާ ވަރަށް ހަށިގަނޑަށް ކަސްރަތު ނުލިބޭނަމަ ސްޓްރޯކާއި ހާޓްއެޓޭކް ފަދަ ހިތުގެ ބަލިތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވެ އެވެ.
އީރާނާ ގުޅޭ ގޮތުން ޓްރަމްޕް ހައްދަވަނީ ދޮގު: ގާލީބާފް
"އެވެންޖާސް: ޑޫމްސްޑޭ"ގެ ފުރަތަމަ ފެނިލުން ދައްކާލައިފި
އެސްޖީކަމުގެ ދައުރު ނިމުމުން ރައީސް ނަޝީދު އެނބުރި ރާއްޖެ އަށް