ފާހާނާއަށް ފޯނު ހިފައިގެން ވަނުމަކީ މިހާރަކަށް އައިސް ވަރަށް ގިނައިން ފެންނަ ނުރަނގަޅު އާދަ އެކެވެ. މިއީ ސިއްހީ އަދި ސާފުތާހިރުކަމުގެ ގޮތުން ބަލާއިރު ވެސް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމެކެވެ.
ފޯނު ހިފައިގެން ފާހާނާއަށް ވަނުމުން ފާހާނާގައި ހޭދަ ކުރެވޭ ވަގުތު ދެގުނަ އިތުރުވާކަމަށް ދިރާސާތަކުން ދައްކާފައިވެ އެވެ. އެއްތަނެއްގައި އެހާ ގިނައިރު ވަންދެން އިށީންދެ އިނުމުން ލޮޑުވެ ބަރުދަން އިތުރުވުމަށް މަގުފަހިވެ އެވެ.
ހަމައެއާއެކު ފާހާނާ ތެރޭގައި ފޯނު ގެންގުޅުމަކީ ފޯނުގައި ޖަރާސީމު އާލާވެ، ބަލިތައް ފެތުރުމަށް ވެސް މަގުފަހިވާނެ ކަމެކެވެ. ފޯނަކީ ހޫނު އެއްޗެއް ކަމުން ފަސޭހައިން ޖަރާސީމު އާލާވާ އެއްޗެކެވެ.
އޭގެ އިތުރުން ވެސް ފާހާނާއަށް ފޯނު ގެންދިއުމަކީ ގިނަ އިޖުތިމާއީ މައްސަލަ ތަކެއް ވެސް ކުރިމަތިވާ ކަމެކެވެ. އެގޮތުން އާއްމު ފާހާނާތަކުގައި ފޯނު ބޭނުން ކުރުމަކީ ފާހާނާ ބޭނުން ކުރަން ޖެހޭ އެހެން މީހުންނަށް ދަތިތަކާ ކުރިމަތިވާނެ ކަމެކެވެ.
ކޮންމެއަކަސް މިއީ ހުއްޓާލަން ވެފައި އޮތް ވަރަށް ގޯސް އާދަ އެކެވެ. އޭގެ ސަބަބުން ގިނަ ގެއްލުންތަކެއް ލިބޭ އާދަ އެކެވެ. އެހެންކަމުން މި ކަން ކުރާ މީހުންނަށް މިކަމުން ދުރުވުމަށް ނަސޭހަތްތެރިވާން ޖެހެ އެވެ.
ޕީއެންސީއަށް 3 ގޮނޑި، 2 ގޮނޑި އެމްޑީޕީ އާއި އަމިއްލަ ކެންޑިޑޭޓް
"ބޫތު ބަންގްލާ": ހެއްވާ މަޖާ އަދި ބިރުވެރި މަސްހުނިގަނޑެއް!
ކުލަ ބަދަލުވާ ކުޅިތަކުގެ ސިއްރު: ޕްލިޓްވިސޭގެ ގުދުރަތީ ކުރެހުން!