ލަންކާއިން އެ ގައުމަށް އެތެރެވާ މީހުންނަށް ވިސާ ދިނުމުގެ އުސޫލަށް ގެނައި ބަދަލުން ރާއްޖެއަަށް އެއްވެސް އަސަރެއް ނުކުރާނެކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ފޮރިން މިނިސްޓްރީން މިހެން ބުނީ ވިސާ ދިނުމުގައި ލަންކާ އިން ގެންގުޅޭ އުސޫލަށް ބަދަލު ގެނައުމާ ގުޅިގެންނެވެ. އެ މިނިސްޓްރީން މިރޭ ބުނީ ލަންކާއަށް ޓޫރިސްޓް ވިސާގައި ދަތުރުކުރާ ދިވެހިންނާމެދު އަމަލުކުރަމުންދާނީ މިހާރުވެސް އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން ކަމަށެވެ.
އެގައުމަށް ދަތުރުކުރުމުގެ ކުރިން އިލެކްޓްރޯނިކް ޓްރެވަލް އެޕްރޫވަލް (އީޓީއޭ) ސިސްޓަމް މެދުވެރިކޮށް ގައުމަށް އެތެރެވުމުގެ ހުއްދަ މިހާރު ވެސް ނަގަންޖެހެއެވެ. ހަމަ އެ އުސޫލުން ކުރިއަށްއޮތްތަނުގައި ވެސް ދަތުރު ކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮންނަ ބައިލޭޓަރަލް އެއްބަސްވުމުގެ ދަށުން 90 ދުވަހުގެ ހިލޭ ވިސާ އަބަދުވެސް ލިބެއެވެ.
ފޮރިން މިނިސްޓްރީން ބުނީ 80 ދުވަހުގެ ވިސާ އީޓީއޭ މެދުވެރިކޮށް 50 ޑޮލަރުގެ ފީއަކަށް ލިބޭނެ ކަމަށެވެ. އެގޮތަށް ވިސާ ދެނީ ކޮވިޑާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
ކޮވިޑްގެ ހާލަތު ގޯސްވެ ހޮސްޕިޓަލްތައް ފުރި، މަރުވާ މީހުންގެ އަދަދު އިތުރުވުމުން ލަންކާ ވަނީ 10 ދުވަހަށް ލޮކްޑައުންކޮށްފަ އެވެ.
ނިދި ހަމަ ކުރިޔަސް ވަރުބަލި ވަނީތަ؟ ސަބަބަކީ މިއީ ކަމަށް ވެދާނެ!
ސަމާލުވޭ! އެނާޖީ ބުއިންތަކަކީ ކިޑްނީ ސިއްހަތުގެ "ދުޝްމަނެއް"!
ބައްޕަގެ ބިރު: ޔޫސުފް ޚާން ދިލިޕް ކުމާރަށް ބަދަލުވި ގޮތް!
