ހުޅުމާލޭގައި އަމިއްލަ ފަރާތަކުން އިމާރަތްކުރި ޕްރީ ސްކޫލު މަރާމާތު ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، 1.9 މިލިއަން ރުފިޔާއަށް މުހައްމަދު ގާސިމް ޕްރީ ސްކޫލު މަރާމާތުކުރަން ހަވާލުކުރީ އޭއާރު ބިޒްނަސް މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ.
މަސައްކަތް ހަވާލުކުރި ކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒު އެވެ. އޭއާރު ބިޒްނަސް މޯލްޑިވްސް ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ރަޝީދެވެ.
މިމަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 45 ދުވަސް ތެރޭގައި އެވެ.
އެހެން ކަމުން އެ ސްކޫލުގެ މަސައްކަތްތައް އަންނަ އޮކްޓޫބަރު މަހު ނިމޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.
ހުޅުމާލެ ޕްރީ ސްކޫލް ހިންގަން ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލު ކުރީ 2019 ވަނަ އަހަރު އެވެ. އަދި އެތަން ހިންގާނެ ބަޔަކު ހޯދަން އެޑިއުކޭޝަން މިނިސްޓްރީން ހަތަރު ފަހަރު އިއުލާން ކުރުމުން ވެސް އެއްވެސް ބަޔަކު ކުރިމަތި ލާފައެއް ނުވެއެވެ. އެހެންކަމުން މިނިސްޓްރީން ނިންމީ މިނިސްޓްރީގެ ދަށުން އެ ސްކޫލް ހިންގާށެވެ.
އެކްޓް ކުރުން މަތިން ހަނދާން ނުވާ ކަމަށް ޕްރިތީ ބުނެފި
ސަމާލުވޭ! އެނާޖީ ބުއިންތަކަކީ ކިޑްނީ ސިއްހަތުގެ "ދުޝްމަނެއް"!
"ސްޕައިޑަ-މޭން: އަ ބްރޭންޑް ނިއު ޑޭ"އަށް 1 ބިލިއަން ޑޮލަރު!
