ކޮވިޑް ވެކްސިން އުފައްދާ ފައިޒާ އަދި މޮޑާނާއިން ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށް ވެކްސިން ވިއްކާ އަގު ބޮޑުކޮށްފި އެވެ.
ވެކްސިންގެ އަގު ބޮޑުކުރީ އެންމެ ފަހުން އެ ކުންފުނިތަކާއި ޔޫރަޕިއަން ޔޫނިއަން އާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ކަމަށް ފައިނޭންޝަލް ޓައިމްސްއާ ހަވާލާދީ އަލް އަރަބިއްޔާ އިން ބުނެފައި ވެއެވެ.
މިގެނައި ބަދަލުތަކާއެކު ފައިޒާގެ ކޮވިޑް ވެކްސިންގެ ޑޯޒެއް މިހާރު ލިބެނީ 19.5 ޔޫރޯ އަށެވެ. މީގެ ކުރިން މި ވެކްސިންގެ ޑޯޒެއް ވިއްކަމުން އައީ 15.5 ޔޫރޯ އަށެވެ.
އާ އެއްބަސްވުމުގެ ދަށުން މޮޑާނާގެ ކޮވިޑް ވެކްސިންގެ ޑޯޒެއް ވިއްކަން ހަމަޖެހިފައި ވަނީ 25.5 ޑޮލަރަށެވެ. މިއީ ކުރިން ވިއްކަމުން އައި އަގަށް ވުރެ ފަސް ޑޮލަރު ބޮޑު އަގެކެވެ.
ފައިޒާ އަދި މޮޑާނާ ވެކްސިންގެ އަގުތަކަށް ބަދަލު ގެނައީ ކޮވިޑް ވެކްސިން ދެމުން އައި އުމުރު ފުރާ އިތުރުކޮށް، އެ ވެކްސިންތަކަށް އޮތް ޑިމާންޑް ޔޫރަޕުގެ ގައުމުތަކުގައި އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ. – އަލް އަރަބިއްޔާ
ދިރާގު މާލެ އޯޕަން 2026 – ރަޖިސްޓާކުރުމުގެ މުއްދަތު އިތުރުކޮށްފި
ހެނދުނު ހޭލުމަށްފަހު ނިދި ފިލުވާލަން ކޮފީ ނޫން ގޮތެއް!
ސަރުކާރުން ބޭނުންވާ ބިމެއް ކައުންސިލްގެ އަތުން ނެގޭގޮތް ހަދަނީ
ދުނިޔޭގެ ސިއްހަތު ޖަމުއްޔާއަކީ އިންސާނުންގެ ސިއްހަތު ދުޅަހެޔުކުރުމަށް ވުރެން ބޮޑަށް ވަކި ސިޔާސީ އެޖެންޑާއަކަށް ޓާގެޓް ހިފާފައިވާ ބައިގަޑެއް. އެހެނީ ދުނިޔޭގެ ސިއްހަތު ޖަމުއްޔާ ޑަބުލިއުއެޗްއޯ އަށް އެގިލައްވާނެ ފަދައިން މިދިޔަ 50 ހަކަށް އަހަރު ތެރޭގައި ޤައުމުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ވަބާއަކީ މަސްތުވާތަކެތި. މިކަން ކޮންޓުރޯލް ކޮށް ހުއްޓުވަން ޤައުމުތަކަށް ބާރު ނޭޅުނީ ކީއްވެތޯ ކޮވިޑް 19 ކިޔާއެއްޗެއް ކޮންޓުރޯލް ކުރަން ބާރުއެޅި ކޮވިޑް ކޮންޓްރޯލް ކުރާފަދައިން ،