ހުޅުމާލޭގައި ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިން ޖަހައިދިނުމުގެ މަސައްކަތް ކުރިއަށްދާނީ ހުޅުމާލެ ހޮސްޕިޓަލުގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.
އެޗްޕީއޭއިން ބުނީ ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހަދާ ލިންކްގައި ހުޅުމާލެއިން ވެކްސިން ޖެހުމަށް ހުޅުމާލޭ ވެކްސިން ސެންޓަރު ޖެހިފައިވީ ނަމަވެސް ވެކްސިން ޖަހާނީ ހުޅުމާލެ ހޮސްޕިޓަލުން ކަމަށެވެ. އެޗްޕީއޭއިން މިގޮތަށް ހާމަކުރީ މިކަމާ ގުޅިގެން ގިނަ ބަޔަކަށް އޮޅުން އަރާފައިވާތީ އެވެ.
މީގެ ކުރިން ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ހުޅުމާލޭގައި ހުންނަ ފުލޫ ކްލިނިކްގަ އެވެ.
ސަރުކާރުން ވަނީ ކޮވިޑާ ދެކޮޅަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން އާބާދީގެ 90 ޕަސެންޓަށް ވެކްސިން ޖެހުމުގެ ބޮޑު ކެމްޕެއިނެއް މިއަދު ފަށައިފަ އެވެ.
އެޗްޕީއޭއިން ބުނެފައި ވަނީ މާލެ ސަރަހައްދުގައި ހަ ސެންޓަރެއްގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން ވެކްސިން ޖެހުން ކުރިއަށްދާނީ ސޯޝަލް ސެންޓަރު، އާޓް ގެލަރީ، އިސްލާމީ މަރުކަޒު، ވިލިމާލެ ޔޫތު ސެންޓަރު، ދަމަނަވެށި އަދި ހުޅުމާލޭ ހޮސްޕިޓަލްގަ އެވެ.
ކަނޑިއާއި ބަޑިން ހަމަލާ ދިން ދުވަސް ފާއިތުވެއްޖެ!
ޝާހްރުކް ޚާންއަށް 60 އަހަރު!
ލަންކާ އާއި ރާއްޖެއާ ދެމެދު ފެރީގެ ހިދުމަތް ފަށަން މަޝްވަރާކޮށްފި
