މަނީޝް މަލޯތްރާ އޭ ބުނުމުން އޭނާ އެއީ ކާކުކަން ނޭނގޭ މީހަކު ބޮލީވުޑްގައި ވަރަށް މަދުވާނެ އެވެ.
މަނީޝް މަލޯތްރާއަކީ އިންޑިޔާގެ މަޝްހޫރު ފެޝަން ޑިޒައިނަރެކެވެ. ބޮލީވުޑްގެ މަޝްހޫރު ގިނަ ފަންނާނުންތަކެއްގެ ޑިޒައިނަރަކީ އޭނާ އެވެ.
ފެޝަން ޑިޒައިނަރިންއާ މުޅިން ތަފާތު ދާއިރާއަކަށް ޖެހިލަން މަނީޝް މިހާރު އަންނަނީ ތައްޔާރުމުންނެވެ. އެއީ ފިލްމެއް ޑައިރެކްޓްކުރުމުގެ މަސައްކަތެވެ.
ފިލްމެއް ޑައިރެކްޓްކުރުމަކީ އޭނާ ދެކެމުން އަންނަ ހުވަފެނެއް ކަމަށް 2007 ވަނަ އަހަރު ބޮމްބޭ ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ވެސް ބުނެފައިވެ އެވެ.
މަނީޝް މަލޯތްރާ ޑައިރެކްޓްކުރާ ފިލްމް ޕުރޮޑިއުސްކުރުމަށް ހަމަޖެހިފައި ވަނީ މަނީޝްގެ ވަރަށް ގާތް ރަހްމަތްތެރިއެއް ކަމަށްވާ ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރް އެވެ.
ޕީޕިންގް މޫން އިން ބުނިގޮތުގައި މަނީޝް މަލޯތްރާ ޑައިރެކްޓްކުރުމަށް ހަމަޖެހިފައިވަނީ ޑްރަމެޓިކް މިއުޒިކަލް ލަވް ސްޓޯރީއެކެވެ. މި ފިލްމުގެ މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފައިވެ އެވެ.
ބީއެމްއެލްގެ އެހީގައި ހިންގި ޕްރޮޖެކްޓްތަކެއް ނިންމާލައިފި
ބިގް ބޭންގް ތިއަރީއަކީ ހިތި ތަޖުރިބާއެއް ކަމަށް ޖިމް ބުނީ ކީއްވެ؟
ކަނޑުއޮޅިން މައިންތައް ސާފުކޮށް އެއްކޮށް ހުޅުވާލައިފިން: ޓްރަމްޕް