ކޮވިޑް ދިފާއުވުމަށް ޖަހާ ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތެއް ނަމަ މޮނިޓަރިންގައި އޮންނަ ރަށްރަށަށް ކަރަންޓީނު ނުވެ ދެވޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.
އެޗްޕީއޭ އިން މި ބަދަލު ގެނައީ ބޮޑު އީދާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު މާލެއިން އެކި ރަށްރަށަށް ދަތުރުކުރަމުންދާ ވަގުތެއްގަ އެވެ.
އެ އެޖެންސީން ރަށްރަށުގެ ކައުންސިލަށް ފޮނުވައިފައިވާ ސާކިއުލާގައި ބުނެފައިވަނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށް، 14 ދުވަސް ފުރިހަމަ ވެފައިވާނަމަ، ދަތުރު ކުރުމުން ކަރަންޓީނުވާން ނުޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް އެރަށްރަށަށް ދަތުރުކުރެވޭނީ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށާއި 72 ގަޑިއިރު ނުވާ ނައްސި ޕީސީއާރު ޓެސްޓަކާ އެކު ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.
މާލެ ސަރަހައްދުން ކޮވިޑް ކޮންޓްރޯލް ކުރެވިފައިވާތީ ކުރިން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް މިހާރު ވަނީ ލުއިތަކެއް ދީފަ އެވެ. އެގޮތުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ ފަރާތްތަކުން ނެގެޓިވް ޕީސީއާރު ޓެސްޓާއެކު ކަރަންޓީނުވާން ނުޖެހޭގޮތަށް އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭނެ އެވެ. އަދި ކޮވިޑް-19އަށް ޕޮޒިޓިވްވާތާ 60 ދުވަސް ނުވާ މީހުންނަށް ވެސް ކަރަންޓީނު ވުމެއް ނެތި، ރަށްރަށަށް ދަތުރު ކުރެވޭނެ އެވެ.
މީގެ އިތުރުން ވެކްސިން ނުޖެހޭ އުމުރުފުރާގެ ކުޑަކުދިންނަށް ވެސް 72 ގަޑިއިރު ނުވާ ނެގެޓިވް ނަތީޖާއަކާ އެކު ކަރަންޓީނުވުމެއް ނެތި ރަށްރަށަށް ދެވޭގޮތަށް ވަނީ ހުއްދަ ދީފަ އެވެ.
			މަމްދާނީއަށް ވޯޓު ނުދީ ކޫމޯއަށް ވޯޓު ދޭން ޓްރަމްޕް އެދެފި
		
			ކޮޅުވެއްޓި ހާދިސާގައި ސީރިއަސްވި ދިވެހި ޒުވާނާ ވެސް މަރުވެއްޖެ
		
			ޝަހީދުންގެ ޝަރަފުގަ ދިދަ ވިހުރުވުން ހަރަކާތް ކުރިޔަށް ގެންގޮސްފި
		
								
								
				މިފަހަރު ވެސް އީދު ކުޅިވަރެއް ނުބޭއްވޭނެ