މާލެ އާއި ހުޅުމާލެ ކަރަންޓް ވިއުގަ ގުޅާލުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށްޓަކައި މާދަމާ ހެނދުނު މާލެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ސްޓެލްކޯއިން ބުނީ އިންޓަކަނެކްޝަން މެދުވެރިކޮށް މާލެ، ހުޅުމާލެ އަދި ހުޅުލެ، އެއް ވިއުގައަކުން ގުޅާލަން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއްކުރަން މާދަމާ ހެނދުނު 7:00 އިން 9:00 އަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ ކަމަށެވެ. އަދި މިގަޑިތައް މިހެން ހަމަޖައްސާފައި ވީނަމަވެސް، މަސައްކަތް ނިމުނުހާ އަވަހަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑޭ ހިސާބުތަކަށް އަލުން ހިދުމަތް ދެވޭނެ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން ކުރިއަށްގެންދާ އިންޓަކަނެކްޝަން ޕްރޮޖެކްޓަކީ މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ކަރަންޓުގެ އެއް ވިއުގައަކުން ގުޅުވާލުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. އަދި މި ޕްރޮޖެކްޓާއެކު ގްރޭޓާރ މާލެ ސަރަހައްދުގެ ޕަވާ ސެކިއުރިޓީގެ ކަށަވަރު ވެގެން ދާނެ ކަމަށް މީގެ ކުރިން ސްޓެލްކޯއިން ބުންޏެވެ.
މިކަމާ ގުޅިގެން ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފަ އެވެ.
ބީއެމްއެލްގެ 1،224 ފްލެޓްގެ އަމަލީ މަސައްކަތް ފަށައިފި
ކެއުމުގައި ތަފާތު ރަހަތައް ހިމަނަން ޖެހެނީ މިހެންވެ!
ރަންވީރުގެ "ދުރަންދަރް 2"އަށް ރެކޯޑް ކާމިޔާބީއެއް!