ރާއްޖޭގެ އެންމެ ކާމިޔާބު ފިލްމު ޕްރޮޑަކްޝަން ހައުސް، ޑާކް ރެއިން އެންޓަޓެއިންމެންޓުން އުފައްދާފައިވާ އެންތޮލޮޖީ ސީރީޒް ފިލްމު "ގުޅުން" މީޑިއާނެޓްގެ އޮންލައިން ޕްލެޓްފޯމް "މަލްޓި ސްކްރީން"ގައި ރިލީސް ކޮށްފި އެވެ.
މީޑިއާނެޓް މަލްޓި ސްކްރީންގައި ރޭ ރިލީސް ކުރި އެންތޮލޮޖީ ފިލްމު "ގުޅުން" އަކީ ވިއްސަކަށް މިނެޓްގެ ކުރު ފިލުމެކެވެ.
މިއީ ރާއްޖޭގައި ވަން ޝޮޓުން ނެގި ފުރަތަމަ ފިލުމުކަން ވެސް ފާހަގަ ކޮށްލަންޖެހެ އެވެ.
ޢާއިޝަތު ފުއާދު ތައުފީގު ލިޔެ، ޑައިރެކްޓްކޮށް ގެނެސްދޭ "ގުޅުން" އަކީ ރިލޭޝަންޝިޕްގައި ދިމާވާ ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލާފައިވާ ފިލްމެކެވެ.
މި ފިލްމުގައި ފެނިގެންދާނެ ތަރިންނަކީ ރިޝްމީ ރަމީޒް، ރަވީ ފާރޫޤް، ޢަބްދުﷲ ޝާފިޢު އިބްރާހިމް (ފުބޫ)، އާމިނަތު ޝަމާނާގެ އިތުރުން އާމިނަތު ރަޝްފާ އެވެ.
ބީއެމްއެލް އާއި މައިންޑްކޯ ގުޅިގެން އޭއައި ސެންޓަރެއް
ކެއްކުމުގެ ކުރިން ކުކުޅުގެ ހަން ނޮޅަން ޖެހޭނެތަ؟
މެރިން އެކްޕޯގެ މޮޓޯ އެކްސް ސްޓޯލަށް ގޮސްގެން ހާއްސަ އޮފާތަކެއް
