ފިޝަރީޒް މިނިސްޓަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަންކުރެއްވި ޑރ. ހުސެއިން ރަޝީދު ހަސަނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
މަޖިލީހުގައި ޑރ. ހުސެއިނަށް ރުހުން އޮތްތޯ ބެލުމަށް މިއަދު ނެގި ވޯޓުގައި، އޭނާއަށް ރުހުން ދޭން ފާސްކުރީ ޖަލްސާގައި ތިއްބެވި 57 މެންބަރުންގެ ތެރެއިން 55 މެންބަރު ވޯޓު ދެއްވައިގެންނެވެ.
މިދިޔަ މެއި މަހުގެ ފަސް ވަނަ ދުވަހު ރައީސް ސޯލިހު، އެ މަނިކުފާނުގެ ކެބިނެޓަށް ގެންނެވި ބަދަލުތަކާ ގުޅިގެން ފިޝަރީޒް މިނިސްޓަރު ކަމަށް ޑރ. ހުސައިން އައްޔަން ކުރެއްވިއިރު، އޭގެ ހުންނެވީ އެންވަޔަރަންމަންޓް މިނިސްޓަރުކަމުގެ މަގާމުގަ އެވެ.
ފިޝަރީޒް މިނިސްޓަރަކަށް ޑރ. ހުސައިން އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި ޒަހާ ވަހީދު އިސްތިއުފާ ދެއްވުމުންނެވެ.
			ޝާހްރުކް ޚާންއަށް 60 އަހަރު!
		
			ޝަހީދުންގެ ޝަރަފުގަ ދިދަ ވިހުރުވުން ހަރަކާތް ކުރިޔަށް ގެންގޮސްފި
		
								
								