ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެ، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމްލަ އަދަދު 203 އަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ލ. ގަން ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 82 އަހަރުގެ ފިރިހެނަކު މިރޭ 7:6 ގައި މަރުވެފައިވާ ކަމަށެވެ.
މީގެކުރިން ވެސް ވަނީ އެ ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ބައެއް މީހުން މަރުވެފަ އެވެ.
ކޮވިޑްގައި އެންމެ ގިނަ މީހުން މަރުވެފައި ވަނީ ވެރިރަށް މާލޭ ސިޓީންނެވެ. ކޮވިޑްގެ ހާލަތު އެންމެ ގޯސްވެފައި ވަނީ ވެސް މާލޭގަ އެވެ. އެގޮތުން އެންމެ ގިނަ މީހުން މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީންނެވެ.
މިދިޔަ މަހު އެކަނި ރާއްޖެއިން 85 އަށް ވުރެ ގިނަ މީހުން މި ބަލީގައި މަރުވަފައިވާއިރު، އޭގެތެރެއިން ގިނަ މީހުން މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީންނެވެ.
ގައިންގަޔަށް ނާރާ ބަލިތަކަށް ދުންފަތް މަގުފަހިކޮށްދޭ: ނާޒިމް
މެރިން އެކްޕޯގެ މޮޓޯ އެކްސް ސްޓޯލަށް ގޮސްގެން ހާއްސަ އޮފާތަކެއް
ސައޫދީގައި މުއްސަނދި ބޭރު މީހުންނަށް ރާ ހުއްދަކުރަނީ
