މާލޭގެ ގެއެއްގެ ތިން ވަނަ ބުރިން އަންހެނަކު ވެއްޓިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހެންވޭރު ގެއެއްގެ ތިން ވަނަ ބުރިން މީހަކު ވެއްޓިގެން އެކަމުގެ ރިޕޯޓް މިރޭ 00:39 ގައި ލިބިފައިވާ ކަމަށެވެ.
ވެއްޓި އަނިޔާވެފައިވަނީ ދިވެހި އަންހެނަކަށް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ ވެއްޓި އަނިޔާވި އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. ނަމަވެސް އެ އަންހެން މީހާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ނޭގެ އެވެ.
އެ ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޝާހްރުކް ޚާންގެ ހުއްޓުމެއް ނެތް ޝުކުރު ސަޕޯޓަރުންނަށް!
މާލޭގެ މަގުމަތީގައި ގޮދަޑިއެއް ބެހެއްޓި މީހަކު ހޯދަނީ
ޓީ-ޖެޓީ ކައިރިއަށް ދޯންޏެއް ފެތިއްޖެ
